
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާރޭ ކުލަބު އީގަލްސްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމަކީ އާދައިގެ ޓީމެއް ނޫން ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސެޒެއިން ބުނެފިއެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ވަނީ ޒަމާންވީ ވާދަވެރިޔާ ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި އީގަލްސް ވަނީ އޮޑި ސްޕޯޓްސް ކުލަބު މޮޅިވިޔަނުދީ ހިފަހައްޓާފައެވެ. ނިއު ރޭޑިއަންޓުގެ ކޯޗު ސުޒެއިން ބުނީ ކުރިއަށް އޮތް އީގަލްސް މެޗަށް ދާއިރު ކުރަން ހުރި މަސައްކަތް އެންމެ ފަހުން ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުން ފެނިގެންދިޔަ ކަމަށެވެ. އަދި ލީގުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ އޮޑި ސްޕޯޓްސްއާ ދެކޮޅަށް އީގަލްސް ދެއްކި ކުޅުން ފެނިގެންދިޔަ ކަމަށާއި، އެހެންކަމުން އީގަލްސްއަކީ އާދައިގެ ޓީމެއް ނޫންކަން އެ މީހުން ސާބިތުކޮށްދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އީގަލްސްގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ޢަބްދުﷲ ހަނީފުގެ އިރުޝާދުގެ ދަށުން އޮޑި ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކިއިރު، ސުޒެއިން ބުނީ އީގަލްސްގެ ކޯޗު ބަދަލުވުމާއެކު ކޮންމެވެސް ވަރެއްގެ ބޫސްޓެއް އައިތަން ފެނިގެންދިޔަ ކަމަށާއި، އެހެންކަމުން އީގަލްސް މެޗަށް ދާއިރު ވަރަށް ފަރުވާ ބަހައްޓައިގެން، ވަރަށް ވިސްނުންތެރިކަމާއެކު ތައްޔާރުވާން ނިއު ރޭޑިއަންޓަށް މަޖުބޫރު ކަމަށެވެ. އެގޮތުން އީގަލްސް މެޗަށް ތައްޔާރުވުމަށް ފަރިތަކުރުންތަކުގައި ކުރަން ޖެހޭ މަސައްކަތްތައް އެބަހުރި ކަމަށާއި، އެ މަސައްކަތްތައް ކުޅުންތެރިންނަށް ކޮށްދެވިއްޖެނަމަ މިހާރު ހުރި ޕޮޒިޓިވް ވިސްނުން އީގަލްސް މެޗާ ހަމައަށް ގެންދެވޭނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއު ރޭޑިއަންޓް މެޗުގެ ކުރިން ވާހަކަދައްކަމުން އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފް ބުނީ ނިއު ރޭޑިއަންޓަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ބާރު ކަމަށާއި، އެ ޓީމުން މަސައްކަތްކުރަމުން އަންނަނީ ރަނގަޅު ކޯޗަކާއެކުގައި ކަމަށެވެ. އަދި ނިއު ރޭޑިއަންޓް މެޗު ފަސޭހަނުވާނެ ކަމަށާއި، އެ މެޗަށް ތައްޔާރުވާނީ އެކަން ދަނެގެން ކަމަށްވެސް ވަނީ ބުނެފައެވެ. ނިއު ރޭޑިއަންޓް މި ވަގުތު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. އަދި އީގަލްސް އޮތީ ތާވަލުގެ ފުލުގައި ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކުއެވެ. ލީގުގައި އީގަލްސް އާއި ނިއު ރޭޑިއަންޓް ވާދަކުރާ މެޗު ފަށާނީ މާދަމާރޭ 21:00 ގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
