
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއާ ލީގު، ގައުމީ ޓީމުގެ ދެ މެޗަށް މެދު ކަނޑާލުމަށްފަހު އަލުން ފަށައިގެން ކުރިޔަށްދާއިރު ޓީސީ ސްޕޯޓްސް ކުލަބުން ދެން ކުރިޔަށްދާނީ އެންމެ ފަހުން ކުޅުނު މެޗަކީ “ބެންޗް މާކެއް” ކަމަށް ބަލައިގެން ކަމަށް ޓީސީގެ ކޯޗު އަހުސަން ރަޝީދު ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 21 އޮކްޓޫބަރުގައި ކުޅުނު މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޓީސީގެ ކޯޗު ބުނީ ކުރިންވެސް ބުނަމުން އައީ ޓީސީން ލީގު ފަށާނީ ބްރޭކަށް ފަހުކަމަށް ކުރިވެސް ބުނެފައިވާނެކަމަށެވެ.
“އަޅުގަނޑުމެން ބުނީވެސް ޓީސީ ލީގު ފަށާނީ މިފަހަރު ބްރޭކް ނިންމާފައޭ. މިއީ ބެންޗްމާކް ކަމަށްބަލާފަ މި ފަށަނީ. އަލަށް މި މޮޅުވީ އެހެންވީމަ ދެން އިތުރު ވާހަކައެއް ނެތް ދައްކާނެ. ބްރޭކްގައި 15 ޑޭސް ވައްޓާނުލާ ޕްރެކްޓިސް ކޮށްފަ، ކޮންސިސްޓެންޓް ވެލާފަ ޑިސިޕްލިން ހިފަހައްޓާލީމަ މި މޮޅުވީ” ޓީސީގެ ކޯޗު އަހުސަން ރަޝީދު ބުންޏެވެ. ލީގުގައި މާ އެދެވޭ ނަތީޖާތަކެއް އަދި ނެރެވިފައިނުވާއިރު ޓީސީން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ، ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ލީގަށް ނިކުތް ޓީސީއަށް ކުރިން ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިވާނުވާއިރު ކުރިޔަށް ހުރި މެޗުތަކުން އަދިވެސް ބަދަލުތައް ފެނުން އެކަށީގެންވެއެވެ.
ކޯޗު ފާހަގަ ކުރި ގޮތުގައި ޓީސީން މިރޭ ނިކުންނަ މެޗަށް ކުޅުންތެރިންގެ ފޯކަސް ހުންނާނީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކިކަހަލަ ކުޅުމެއް ދައްކާ އިތުރު ޕޮއިންޓްތަކެއް ހޯދުމަށެވެ. މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުނު ނަމަވެސް، ޓީސީ އަދިވެސް އޮތީ 10 ޓީމު ވަދަކުރާ ލީގުގެ 9 ވަނައިގައެވެ. ޓީސީ ސްޕޯޓްސް ކުލަބުން މިރޭ ނިކުންނާނީ ތާވަލުގެ 7 ވަނައިގައި މިވަގުތު އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
