
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ނިއުރޭޑިއަންޓާއި ދެކޮޅަށް ކުޅުނު އުނދަގޫ މެޗަށްފަހު ވިކްޓްރީން ކުރިޔަށް އޮތް މެޗަށް ކުޅުންތެރިންގެ ރިކަވަރީއަށް ވަގުތު ދިނުމަށްފަހު މިރޭގެ މެޗުގައި ގިނަ ކަންތައްތަކެއް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ހެޑް ކޯޗު ޖޯޖްލީ ގެރީ ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު، ޒަމާންވީ ވާދަވެރިޔާ ނިއު ރޭޑިއަންޓް ސްޕޯޓްސް އަތުން 4-0 ގެ ބޮޑު ފަރަގަކުން ބަލިވި “ރަސް ވާދަ” މެޗަށް ފަހު ޕީއެސްއެމް ނިއުސް” އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޖޯޖްލީ ބުނީ އެއީ އުނދަގޫ މެޗެއް ކަމަށެވެ. އަދި ފުރަތަމަ ހާފްގެ ކުރީކޮޅު ނިއުރޭޑިއަންޓުން ދެ ލަނޑު ލީޑެއް ނެގުމާއި އެކު އިތުރަށް ވިކްޓްރީގެ ކުޅުންތެރިންނަށް ކުރިޔަށްދާން އުނދަގޫވި ކަމަށެވެ.
ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ޖޯޖްލީ ބުނީ މިއަދުގެ މެޗަށް ނިކުންނައިރު އޮފެންސިވް އަދި ޑިފެންސިވް ޒޯނާއި މެދުތެރޭގައިވެސް ކުޅުން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށެވެ. ވިކްޓްރީގެ ކޯޗު ކަމާ ހަވާލުވުމަސްފަހު އަދި މާ ގިނަ ދުވަސްތަކެއް ނުވާއިރު ކޯޗު ބުނީ ވިކްޓްރީ ގެންދަން ބޭނުންވާ ހިސާބަށް ދާން ވަގުތު ނަގާނެ ކަމަށާއި މިއީ އެހާ އަވަހަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. “މިއީ ދިގު ޕްރޮސެސްއެއް. ގޭމުގެ ހުރިހާ ބައެއްގައިވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އޮފެންސިވްގައި ޑިފެންސިވްގައި އަދި ޕާސިން ޓްރާންސިޝަންސްގައިވެސް” ޖޯޖްލީ ބުންޏެވެ.
ނިއު ރޭޑިއަންޓާއި ދެކޮޅަށް ކުޅުނު މެޗަށް އިޝާރާތް ކުރަމުން ވިކްޓްރީގެ ކޯޗު ބުނީ އެ ޓީމުގެ ޕާސްތަކުގައި މައްސަލަ އުޅޭކަމަށާއި، މެދު ތެރެއިން ފަސޭހައިން ބޯޅަ ގެއްލޭ މައްސަލަވެސް ހައްލުކުރަން ޖެހޭކަމަށެވެ. އަދި އޮފެންސިވް ޒޯނާއި ޑިފެންސްގައިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ގިނަ ކަމަށެވެ. ބައެއް ފަހަރު ކުޅުންތެރިން ކުޅޭތަން ފެންނަނީ މާ މަޑުމައިތިރިކޮށް ކަމަށާއި، މެޗެއްގައި މާ މަޑުން ތިބެގެން ކުޅެގެން ނުވާނެ ކަމަށާއި، ހުރިހާ ހިސާބެއްގައި ކުޅުން ވަރުގަދަ ކުރަން ޖެހޭ ކަމަށް ކޯޗު ބުންޏެވެ. ތާވަލުގެ 7 ވަނައިގައި މިވަގުތު އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބުން މިރޭ ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
