
އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް 3-2 ގެ ނަތީޖާއަކުން ބްރެންޓްފޯޑް އަތުން ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މި މެޗުން އެ ޓީމު ބަލިވެފައިވާއިރު މިއީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ހަތަރުވަނަ މެޗެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ފްރެންކްފަރޓް އަތުން ތަފާތު ބޮޑު ނަތީޖާ އަކުން ލިވަޕޫލް މޮޅުވި ނަމަވެސް ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން މޮޅުވެފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު އެވަޓަން އަތުން މޮޅުވި މެޗެވެ. އޭގެ ފަހުން ލިވަޕޫލް ވަނީ ކްރިސްޓަލް ޕެލަސް އާއި ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފަސްވަނަ މިނިޓުގައި ޑެންގޯ އޮޓާރާ ވަނީ ލަނޑެއް ޖަހާ ބްރެންޓްފޯޑަށް ކުރި ހޯދަދީފައެވެ. ބްރެންޓްފޯޑް އިން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަތަކެއް ފޮނުވާލާފައިވާއިރު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ކެވިން ޝޭޑް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިވަޕޫލްގެ މިލޮސް ކަރކޭޒް ވަނީ ލަނޑެއް ޖަހާ އާން ސްލޮޓްގެ ޓީމުގެ އުންމީދުތައް އައުކޮށްދީފައެވެ. ބްރެންޓްފޯޑް އިން މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި ލިވަޕޫލްގެ ކެޕްޓަން ވެން ޑައިކް އޮޓާރާ އަށް ފައުލް ކުރުމާއި ގުޅިގެން އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އިގޯ ތިއާގޯ ކާމިޔާބުކޮށްދިން ޕެނަލްޓީ އިންނެވެ.
ލިވަޕޫލް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މުހައްމަދު ސަލާއެވެ. މި ނަތީޖާ އާއިއެކު ބްރެންޓްފޯޑް އަށް ވަނީ މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލުގެ 10 ވަނަ މަގާމް ލިބިފައެވެ. ލިވަޕޫލް އަށް ލިބިފައިވާ 15 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 6 ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
