
(ފޮޓޯ ކްރެޑިޓްސް: ދައުރު)
އައްޑޫ ސިޓީ ކައުންސިލް ދަށުގައި ފޭދޫ ދެމިތިބުމަށް އެ ރަށު ރައްޔިތުން ނިންމި ނިންމުމަށް އިހުތިރާމުކުރައްވާ ކަމަށް، މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. ފޭދޫގައި ވަކި ރަށު ކައުންސިލެއް ހެދުމަށް މިނިސްޓަރު އިހުސާނާއި އޭނާގެ ބައްޕާފުޅު އަދި ފޭދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ދީދީ (އައިބީ) ވަނީ ކެމްޕެއިން ކުރައްވާފަ އެވެ. ނަމަވެސް މިއަދު ނެގުނު ފެންނަ ނުފެންނަ ވޯޓުގައި ފޭދޫގެ ވޯޓުލީ މީހުންގެ ގާތްގަނޑަކަށް %75 ވޯޓު ދިނީ ވަކި ރަށު ކައުންސިލެއް ހެދުމަށް ނުފެންނަ ކަމަށެވެ.
ވޯޓުގެ ނަތީޖާއާ ގުޅިގެން އިހުސާން ވިދާޅުވީ އޭނާ ކެމްޕެއިން ކުރެއްވީ މިނިސްޓަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި، އެއީ ފޭދޫއަށް އުފަން މީހެއްގެ ހައިސިއްޔަތުން އެ ރަށުގެ ކުރިމަގާ ގުޅޭ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތަކަށް ކުރެއްވި ކެމްޕެއިނެއް ކަމަށެވެ. ފޭދޫ ރައްޔިތުން ސިޓީ ކައުންސިލްގައި ތިބުމަށް ނިންމީ، ސިޓީ ކައުންސިލް ދަށުގައި އޮވެގެން ވެސް ކުރިއެރުންތައް ލިބުނު ކަމަށް ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ނިންމުން ރަނގަޅުކަމަށާއި، އެ ނިންމުމަށް ފުރިހަމައަށް އިހުތިރާމު ކުރައްވާ ކަމަށް އިހުސާން ވިދާޅުވި އެވެ. އަދި އޭނާ އުންމީދުކުރައްވަނީ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ އޮވެގެން ކުރިއެރުންތައް ލިބިގެން ދިއުން ކަމަށާއި، މިހާރު ވެސް ރަށް ތަރައްގީވެ ކުރިއެރުންތައް ލިބިގެންދިޔަ ކަމަށް ރައްޔިތުން ގަބޫލުކުރާ ގޮތަށް، ހަމަ އެ ސްޕީޑުގައި ކުރިއަށް ދިއުން އެންމެ ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
