
ތައިލޭންޑުގެ ރަސްގެފާނު މަހާ ވާޗީރާ ލޯންގްކޯން ޕްރާ ވާޗީރާކްލާއޯ ޗާއުޔޫހުއޯގެ މަންމާފުޅު، ކުއީން ސިކިރީތް (ދަ ކުއީން މަދަރ އޮފް ތައިލޭންޑް) އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތައިލޭންޑުގެ ރަސްގެފާނަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ތައިލޭންޑުގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ހަރ މެޖަސްޓީ ކުއީން ސިކިރީތް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ މުޅި ޙަޔާތްޕުޅުގައި ޤައުމަށް ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކާއި، އިޖްތިމާޢީ އެކިއެކި ހަރަކާތްތަކުގައި މުޖްތަމަޢުގެ ލާބައަށްޓަކައިކޮށްދެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އަބަދުމެ ދެމިހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން އެ ޤައުމަށް ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ތައިލޭންޑުގެ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ބަލަމުންދާ މައްސަލައެއްގައި، އަދަދު ނޫހުގެ އޮފީސް ބަލައި ފާސްކޮށްފި.
(ފޮޓޯ ކްރެޑިޓްސް: އަދަދު ނޫސް) ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށްފިއެވެ. މިއީ...
ތެލުގެ އަގު އުފުލެނީ؛ ދުރާލާ ޓިކެޓު ނެގުން މުހިއްމު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އެމެރިކާއާއި އީރާނާ ދެމެދު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް މިހާތަނަށް އާދެވިފައި ނުވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަނެއްކާ ވެސް...
އޯޕެކުގެ ބާރު ކަނޑުވާލައި ތެލުގެ ވިޔަފާރީގެ ގަދަ ބާރަކަށް އެމެރިކާ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔެއަށް ކުރިމަތިވި ތެލުގެ ތާށިކަމުގެ ފައިދާ ނަގައި، ދުނިޔޭގެ ތެލުގެ ބާޒާރުގެ...
ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާދިން މީހާއަށް ދަޢުވާ އުފުލައިފި
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އެމެރިކާގެ ވެރިރަށް ވޮޝިންގްޓަންގެ ހިލްޓަން ހޮޓަލުގައި ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓުންގެ ޖަމުޢިއްޔާގެ އަހަރީ ފަރީއްކޮޅުގެ ތެރެއިން ސަލާމަތީ ޗެކް...
ބްރެންޓްފޯޑް ބަލިކޮށް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރެންޓްފޯޑް އަތުން 2-1 އިން މޮޅުވެ، މެންޗެސްޓަރ ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ....
ބިލަށް ބަދަލެއް ނުގެންނަން، ޝައްކު ކުރެވޭ ބިލްތައް ޗެކްކޮށްދޭނަން: ފެނަކަ
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާޗް މަހުގެ ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާތީ، މައްސަލައެއް އުޅޭ ކަމަށް ޝައްކު...
