
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ނުކޮށް، މަސްތުވާތަކެތީގެ ވިޔަފާރިއަށް ވާގިވެރިވަމުންދާ ކަމަށް ތުހުމަތުކޮށް، ކޮލޮމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޯ އާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ. އެމެރިކާއާ މީގެކުރިން ގާތްގުޅުމެއް އޮތް ކޮލޮމްބިއާ އާދެމެދު ނުތަނަސްވަސްކަން އިތުރުވާން ފެށީ، މަސްތުވާތަކެތީގެ ވިޔަފާރިއަށް ޕެޓްރޯ ސީދާގޮތުން ވާގިވެރިވަމުންދާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
އެމެރިކާއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދެކުނު ކެރީބިއަން ކަނޑުގައި މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކަށް ވައިގެ ޙަމަލާދީ ފައްތާލައިފައެވެ. މަސްތުވާތަކެތި އުފުލާކަމުގެ އެއްވެސް ހެއްކެއްނެތި، އެ އުޅަނދުތަކަށް އެމެރިކާއިން ދޭ ޙަމަލާތައް ކުށްވެރިކުރައްވައި، ޕެޓްރޯ ވަނީ ޓްރަމްޕް އިސްވެ، ގަސްދުގައި މީހުން ޤަތުލުކުރާކަމުގެ ތުހުމަތު ކުރައްވައިފައެވެ.
ޕެޓްރޯގެ ރައީސްކަމުގެ ދައުރު ނިމެން 10 މަސް ދުވަހަށްވެފައިވާއިރު، ކޮލޮމްބިއާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގުތަކާއި ގޭންގުތައް ހުއްޓުވަން އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ނަމަވެސް، މިހާތަނަށް އެ މަސައްކަތުން މާބޮޑު ކުރިއެރުންތަކެއް ލިބިފައެއްނުވެއެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓު ވިދާޅުވީ، ޕެޓްރޯގެ ވެރިކަމުގައި ފާއިތުވި 10 އަހަރުގެ ތެރޭގައި ކުރިނާރާ މިންވަރަށް ކޮލޮމްބިއާގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވެ، އެމެރިކާއަށް މަސްތުވާތަކެތި އެތެރެކުރާ މިންވަރު އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ.
އަދި އެ ވިޔަފާރިތައް ފުޅާވުން ޕެޓްރޯ ހުއްޓުވުމަށް މަސައްކަތް ނުކުރައްވާތީ، އެމެރިކާގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި، މި ހަރުކަށި ފިޔަވަޅު އަޅަން ޓްރަމްޕް ނިންމެވީ ކަމަށް އޭނާ ވިދާޅުވިއެވެ. ޕެޓްރޯގެ އިތުރުން، އޭނާގެ އަނބިކަނބަލުންނާއި ދަރިކަލުން، އަދި ކޮލޮމްބިއާގެ އިންޓީރިއަރ މިނިސްޓަރާ ދެކޮޅަށް އެމެރިކާއިން މިއަދު ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.
މި ފިޔަވަޅުތަކުގެ ދަށުން، އެމެރިކާގައި ހުރި އެ މީހުންގެ މުދަލާއި ފައިސާގެ އިތުރުން، އެމެރިކާގެ އެއްވެސް ކުންފުންޏަކުން އެ މީހުންނާއެކު އެއްވެސް ވިޔަފާރިއެއް ހިންގުން މަނާވާނެއެވެ. އެމެރިކާއިން ކުރާ ތުހުމަތުތައް ދޮގުކުރައްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ސަރުކާރުގައި މަސްތުވާތަކެތި އަތުލައިގަންނަ ނިސްބަތް އެތައް ގުނައަކުން އިތުރުވެފައިވާ ކަމަށެވެ.
އަދި އެމެރިކާގައި އޭނާގެ އެއްވެސް ފައިސާ އެއް ނުހުންނާނެކަމަށް ވެސް ޕެޓްރޯ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިއާ ގުޅުވައި، ދެ ޤައުމުގެ މެދުގައި އޮތް ނުތަނަސްވަކަން އިތުރުވެފައިވާއިރު، ޓްރަމްޕް މީގެކުރިން ވަނީ ކޮލޮމްބިއާ ދެމުން އައި ހުރިހާ އެހީތަކެއް ކަނޑާލަން ނިންމަވައިފައެވެ. އަދި ކޮލޮމްބިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަންވެސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
