
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތަފާތު ބޮޑު ނަތީޖާއަކުން ކުލަބް ގްރީން ސްޓްރީޓްސް އަތުން މޮޅުވެ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. މާޒިޔާ މެޗު ކާމިޔާބު ކުރީ 9-0 ންނެވެ. މިނަތީޖާއާ އެކު، މާޒިޔާ، ލީގުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ނިއުއަށް ލީގުގެ އެއްވަނައަށް އެރެން އޮތީ އަންގާރަ ދުވަހުގެރޭ ކުލަބް އީގަލްސް ތަފާތު ބޮޑުކޮށް ބަލިކޮށްގެންނެވެ.
މިއަދުގެ މެޗުގައި ގްރީންއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އެޓީމު އެއްވަނަ ކީޕަރު އަހުމަދު ރަމީޒް އެންމެ ފަހުން ކުޅުނު މެޗުގައި އަތުގެ އިނގިލި ބިންދައިގެން ދިއުމުގެ ސަބަބުން ކުޅުމާ ދުރަށްދާން ޖެހުމެވެ. މިއަދު މެޗުގައި ބަދަލު ކީޕަރު ޔަނާލް މުނީޒްއާ އެކު ފެށި ނަމަވެސް އޭނާ ބަދަލުކުރަން ޖެހުނީ ބޮލަށް ލިބުނު އަނިޔާއަކާ އެކުއެވެ. މި ހިސާބުން ގްރީންއަށް އިތުރަށް މައްސަލަ ދިމާވެ ބެންޗުގައި އިން އެޓީމުގެ ތިންވަނަ ކީޕަރު މިފްޒާލް އިދުރީސް ވަނީ ކުޅެން އަރުވާފައެވެ.
ރަސްމީ ބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މާޒިޔާއިން މެޗުގައި ލަނޑުތައް ޖަހަން ފެށީ 20 ވަނަ މިނިޓުން ފެށިގެންނެވެ. މާޒިޔާގެ ގާނާގެ މިޑްފީލްޑަރ ރޭގަން އޮބޭންގް ދިން ބޯޅައަކުން ފުރަތަމަ ލަނޑު ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ ގޯލަށް ވައްދާލީ ބޮލުން ފޮނުވާލި ހަމަލާއިންނެވެ. ދެވަނަ ލަނޑު އޭގެ ފަސް މިނިޓު ފަހުން ހަމްޒާ މުހައްމަދު ކާމިޔާބުކޮށްދިނީ އޭރިޔާ އަރިމަތިން ލިބުނު ހިލޭޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
މެޗުގެ 33 ވަނަ މިނިޓުގައި މާޒިޔާއިން ތިންވަނަ ލަނޑު ކާމިޔާބުކުރީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައިން ނާއިޒް ހަސަން ބޮލުން ގޯލުތެރެއަށް ވައްދާލައިގެންނެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑަކީ ހަމްޒާ ނަގައިދިން ބޯޅައެއް ސާޖިއޯ މެންޑީ ބޮލުން ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ 37 ވަނަ މިނިޓުގައެވެ. މެޗުގެ 44 ވަނަ މިނިޓުގައި މާޒިޔާއަށް ލުބުނު ކޯނަރެއްގައި ޕޯޗުގަލް ޑިފެންޑަރ ލުއިސް އެލްމެއިޑަރ ވަނީ ބޮލުން ގޯލު ތެރެއަށް ވައްދާލާ މާޒިޔާއަށް ފަސް ވަނަ ލަނޑު ކާމިޔާބުކޮއްދީފައެވެ. މިއީ ވިދިވިދިގެން އޭނާ ލަނޑުޖެހި ދެވަނަ މެޗެވެ.
މާޒިޔާ އިން ހަވަނަ ލަނޑު ކާމިޔާބު ކުރީ ހައިޝަމް ހަސަން ނަގައިދިން ބޯޅައެއްގައި އައިސަމް އިބްރާހިމް އެވެ. މިލަނޑު އައިސަމް ކާމިޔާބު ކުރީ މެޗު 54 ވަނަ މިނިޓުގައިއެވެ. މާޒިޔާއިން ހަތްވަނަ ލަނޑު ސާޖިއޯ މެންޑީ ކާމިޔާބު ކުރީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލައިގެންނެވެ.
މިއީ މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ. އޭނާ ވަނީ ލީގުގައި މާޒިޔާ އެންމެ ފަހުން ކުޅުނު މެޗުގައި ވެސް ހެޓްރިކް ހަދާފައެވެ. މާޒިޔާގެ އަށްވަނަ ލަނޑާއި ނުވަވަނަ ލަނޑު ކާމިޔާބުކޮއްދިނީ ދެވަނަ ހާގުގައި ބަދަލަކަށް ކުޅެން އެރި ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންއެވެ. މީ މިފަހަރު ލީގުގައި އަދި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. މާޒިޔާ އެންމެ ފަހުން ލީގުގައި މިހާތަފާތު ބޮޑުކޮށް މޮޅުވެފަ ވަނީ މީގެ ތިންއަހަރު ކުރިންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
