
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ބަހްރެއިންގެ މަނަމާގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސް 2025 ގެ އަންހެން 200 މީޓަރު ދުވުމުގެ ހީޓްތަކުގައި ވާދަކޮށް، ރާއްޖޭގެ މައިހާ ހަމްދާން ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާ ހޯދި އިރު، ލުހްޔާ އަހުމަދު ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ރޭސް ނިންމައިފިއެވެ.
މައިހާ މިއަދު ވާދަކުރީ 200 މީޓަރުގެ ދެވަނަ ހީޓްގައެވެ. މިއީ މައިހާއަށް ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާއެވެ. އޭނާ ވަނީ 28.44 ސިކުންތުން ރޭސް ފުރިހަމަކޮށްފައެވެ. ރޭހަށްފަހު މައިހާ ބުނީ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، ރަނގަޅު ކުރަން ވަރަށް ބައިވެރި ކަންތައްތަކެއް ދަސްވެއްޖެ ކަމަށެވެ. އަދި ޒުވާން އުމުރުގައި ގައުމު ތަމްސީލުކުރަން ލިބުނު ފުރުސަތަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.

(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ލުހްޔާއަށް މިއަދުގެ ރޭހަކީ ކާމިޔާބު ރޭހެކެވެ. އޭނާ ތިންވަނަ ހީޓްގައި ވާދަކޮށް، 26.86 ސިކުންތުން ރޭސް ނިންމާފައިވާ އިރު، އެއީ ޕާސަނަލް ބެސްޓް ޓައިމިންއެކެވެ. އެ ޓައިމިންގައި ލުހްޔާ ރޭސް ނިންމާލީ ތިންވަނައިގައެވެ. އޭނާ ވަނީ ފައިނަލް ހީޓްގެ ކޮލިފިކޭޝަނާ ގާތް ކޮށްފައެވެ.
ރޭހަށްފަހު ލުހްޔާ ބުނީ ބައިނަލްއަގުވާމީ ދެވަނަ ތަޖުރިބާގައި ޕާސަނަލް ބެސްޓް ޓައިމިންއެއްގައި ނިންމާލެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށާއި، ކުރިއަށް އޮތް ރިލޭގައި ރާއްޖޭގެ ޓީމަށް ތަފާތު ދެއްކޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ. ރާއްޖޭގެ އެތުލެޓިކްސް ޓީމަށް މެޑްލޭ ރިލޭގެ ހީޓްތައް އޮންނާނީ މާދަމާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
