
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ ޚާއްޞަ ޢާއްމު ޖަލްސާ އަންނަ މަހުގެފުރަތަމަ ދުވަހުގެރޭ ބާއްވަން ނިންމައިފިއެވެ. މިޖަލްސާގައި ބައިވެރިވެ ވޯޓްދެވޭނީ އެ އެސޯސިއޭޝަނު ގެޒެޓް ކޮށްފައިވާ ބެޑްމިންޓަން އެސޯސިއޭޝަންގެ އެސޯސިއޭޓް މެމްބަރުންނާއި، ފަރުދީ މެމްބަރުންގެ ތެރެއިން އެ ޖަލްސާގައި ބައިވެރިވުމަށް އެދި ހުށަހަޅާ އަމިއްލަ މެމްބަރުންނަށެވެ.
މި ޚާއްޞަ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ އަމިއްލަ މެމްބަރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 29 އޮކްޓޯބަރު 2025ވާ ބުދަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ) އާއި ބެޑްމިންޓަށް ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން އެކުލަވާލި އެޑްހޮކް ކޮމިޓީން ވަގުތީގޮތުން ބަލަހައްޓަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަންގެ އަސާސީ ގަވާއިދު ބަދަލުކުރުމަށް ބާއްވާ މި ޖަލްސާ އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ 20:30 ގައި ހ. ބޯޅަގޭގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ސްޕޯޓްސް އިންސްޓިޓިއުޓްގެ ސެމިނަރ ރޫމްގައެވެ.
ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ދޯދިޔާވެ އިންތިހާބު ނުބޭއްވި ދިގުލައިގެންގޮސް ބީޑަބްލިއުއެފް އިންވަނީ ރާއްޖެ ސަސްޕެންޑު ކޮށްފައެވެ. މި ސަސްޕެންޝަނާއިއެކު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލި އެ އެސޯސިއޭޝަނަށް ދީފައިވާ ގައުމީ ހައިސިއްޔަތު ކުޅިވަރު ވުޒާރާއިން އުވާލާފައިވަނިކޮށް އެމްއޯސީން ވަނީ ވޯލްޑް ފެޑެރޭޝަނާއި އޭޝިއަން ފެޑެރޭޝަނާއެކު ގިނަ މަޝްވަރާތަކެއްކޮށް އަލުން ބެޑްމިންޓަން އެސޯސިއޭޝަން ވުޖޫދު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ބީޑަބްލިއުއެފްގެ ސަސްޕެންޝަން އެއްކޮށް އުވާލާ އަލުން އަމިއްލަ ބާރުގައި ކުރިޔަށް ދިއުމަށް ވީހާވެސް އަވަހަކަށް ފުރުސަތު ލިބޭނެކަމުގެ އުންމީދުގައި އޮގަސްޓް 2025 ގައި ވަނީ ފުރަތަމަ ފަހަރަށް މުޅި ރާއްޖެ ހިމެނޭހެން ގައުމީ ބެޑްމިންޓަން ޓީމެއް އެކުލަވާލާފައެވެ.
ސިލެކްޝަން މެޗުތަކެއް ބޭއްވުމަށްފަހު އަލުން ގައުމީ ޓީމުތައް އެކުލަވާލައިގެން ބީއޭއެމްއިން އަންނަނީ ކުރިޔަށް ހުރި މުބާރާތްތަކަށް ރާއްޖޭގެ ޓީމުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ކޮރެއާގެ ތަޖްރިބާކާރު ކޯޗެއް ގެނެސް ގައުމީ ޓީމުގެ ފަރިތަކުރުންތައް ބާއްވަމުން އަންނައިރު މިވަގުތު ރާއްޖޭގެ ބައެއް އެތުލީޓުން ތިބީ 3 ވަނަ އޭޝިއަން ޔޫތް ގޭމްސްގައި ވާދަކުރުމަށް ބަޙްރެއިންގައެވެ.
ބެޑްމިންޓަނަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ ކުޅިވަރެކެވެ. ރާއްޖޭގެ އެތުލީޓުން އަމިއްލަ ގޮތުން މަތީ ފަންތީގެ ބައިނަލްއަގްވާމީ މުބާރާތްތަކުންވެސް ރަން މެޑަލް ހޯދާފައިވާއިރު ބެޑްމިންޓަން ކޮމިއުނިޓީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބީޑަބްލިއުއެފްގެ ސަސްޕެންޝަނުގެ ސަބަބުން ކުޅުންތެރިންގެ އެތަކެއް ހައްގުތަކެއް ގެއްލިފައިއޮތް އޮތުމެވެ. އެހެންނަމަވެސް އެޑްހޮކް ކޮމިޓީގެ މަސައްކަތާއިއެކު އެ އެސޯސިއޭޝަން އިޔާދަކުރުމަށް ކުރާ މަސައްކަތަށް މިހާރުވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
