
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ޚާއްސަ އިޤުތިޞާދީ ސަރަހައްދާއި ބެހޭ ޤާނޫނެއް ވުޖޫދުވީ 2014 ވަނަ އަހަރުއެވެ. މި ޤާނޫނާއެކު ކަނޑައެޅޭ ވަކި ސަރަހައްދެއްގައި އިންވެސްޓްކުރުމުގެ މަގު ބޭރުގެ މަހުޖަނުން ފަހިވެގެންދިޔައެވެ. މިއީ ތަފާތު ސިނާޢަތްތައް ކުރިއަރުވައި، ރައްޔިތުންގެ އަތްމަތި ތަނަވަސްވެ، ވަޒީފާގެ ފުރުޞަތުތައް ފަހިވެ، ތަޢުލީމީ ޤާބިލު ރައްޔިތެއް އުފެއްދުމަށް އޭރު އޮތް ސަރުކާރުން ފަހިކޮށްދިން ފުރުޞަތެކެވެ. ޤައުމުގެ އިޤުތިޞާދު ކޮޅަށްޖެއްސެވުމަށް ކުރެއްވި މުހިންމު މަސައްކަތެކެވެ.
މި ޤާނޫނު ވުޖޫދުވެގެން އައުމާއެކު އޭރު ބައެއް އިންވެސްޓަރުންގެ ޝައުޤުވެރިކަންވެސް ރާއްޖެއަށް ލިބުނެވެ. ސަޢުދީ ޢަރަބިއްޔާގެ ބޮޑު ކުންފުންޏަކުން ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ހިންގަން ޝައުޤުވެރިކަންވެސް ފާޅުކުރިއެވެ. ނަމަވެސް މި ޕްރޮޖެކްޓަށްވީ ކިހިނެއްކަމެއް މާބޮޑަކަށް އެނގެން ނެތެވެ. މި އިންވެސްޓްމެންޓް ރާއްޖެއަށް ލިބެން އުޅޭކަން އެނގުމާއެކު އޭރު އިދިކޮޅުގައި އޮތް މައި ޕާޓީ އެމްޑީޕީން ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ނޫންކަމަށް ދެއްކި ދެއްކުން ވެގެންދިޔައީ އެ އިންވެސްޓްމަންޓް ރާއްޖެއަށް ގެއްލުނު ސަބަބުކަމަށް އޭރު އެސްއީޒެޑް ބިލު ފާސްކުރުމުގައި މުހިންމު ދައުރެއް އަދާކުރި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވިއެވެ. ޝުޖާޢުގެ އިތުރުން އޭރު އޮތް 18 ވަނަ މަޖިލީހުގައި ތިއްބެވި އެހެން މެންބަރުން ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ.

(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ)
ޕީޕީއެމްގެ ވެރިކަން ނިމި، 2018 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ފަހުން އެސްއީޒެޑް ޤާނޫނުގެ މަޤުޞަދު ޙާސިލުކުރަން މާބޮޑު މަސައްކަތެއްކޮށްފައިވާ ތަނެއް ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ފެނުނީ ބޮޑު އިންޓަރެސްޓް ރޭޓެއްގައި ބޮޑެތި އަދަދުތަކުން އަވަށްޓެރި ޤައުމުތަކުން ލޯނުތައް ނަގަމުންދިޔަ މަންޒަރެވެ. ދުވަހަކު ރާއްޖޭގެ ދަރަނި އުފުލިފައިނުވާ މިންވަރަށް މިނިދިޔަ ވެރިކަމުގައި ރާއްޖޭގެ ދަރަނި އުފުލިގެންދިޔައެވެ.
އިޤުތިޞާދީ ބޮޑު އަދަވަޅަކަށް ރާއްޖޭގެ މާލީ ޙާލަތު ވައްޓާލާފައި ވަނިކޮށް، އެ ހާލަތު ބަދަލުކުރުމަށް 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ. އިޤުތިޞާދު އަލުން ކޮޅަށް ޖެހުމަށް އެކަމިކުފާނުގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ އެއް މަސައްކަތަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓް ގެނައުމެވެ. އިންވެސްޓަރުންނަށް ލުއިދީ، ސީދާ ރައްޔިތުންނަށް ފައިދަވާނެ ގޮތަށް ޤާނޫނުތައް ބަދަލުކޮށް، ގަވާއިދުތައް ހަދައި، އިންވެސްޓަރުންނާއި ރައްޓެހި ޤައުމަކަށް ރާއްޖެ ހެދުމަށް ގިނަ ފިޔަވަޅުތަކެއް އެޅުއްވިއެވެ.

(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ޤާނޫނީ އިމުގެ ތެރެއިން މިކަން ހާސިލް ކުރެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. 45 އަހަރު ފަހުން ފޮރިން އިންވެސްޓްމެންޓާ ބެހޭ ޤާނޫނު އިސްލާހުކުރައްވައި، މި ޤާނޫނަށް ޒަމާނީ ބަދަލުތަކެއް ގެންނެވުމެވެ. މިޤާނޫނަށް ސަރުކާރުން ގެނައި މުހިންމު އިސްލާހުތަކުގެ ތެރޭގައި ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ އުޞޫލުތައް ކަނޑައެޅުނެވެ. މިބަދަލާއިއެކު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާގެ ތަފާސްހިސާބުތަކުން މިއަހަރުގެ މިހާތަނަށް 15 ފޮރިން އިންވެސްޓްމަންޓް ވަނީ ރަޖިސްޓްރީކޮށްފައިވާކަން ހާމަވެއެވެ.
ސަރުކާރުން ވަނީ 2014 ވަނަ އަހަރު އެސްއީޒެޑްގެ ޤާނޫނު އުފެއްދި ފަހުން މި ޤާނޫނަށް އިސްލާހެއް ހުށައަޅާފައެވެ. އިންވެސްޓަރުންނަށް ބޮޑެތި ލުއިތަކެއް ހޯދައިދީ، އިންވެސްޓްކުރާ އިޤްތިޞާދީ ޚާއްސަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ތަރައްޤީ ހޯދައިދެވޭ ގޮތަށް ގެނައި މިއިސްލާހަކީ މި ޤާނޫނަށް ހުށައެޅި ފުރަތަމަ އިސްލާހުކަންވެސް ފާހަގަކޮށްލެވެއެވެ. މި އިސްލާހުގައިވާ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ޓައުންޝިޕެއް ތަރައްޤީކުރުމަށް ރާއްޖޭގައި އިންވެސްޓްކުރެވިދާނެއެވެ. މި ތަނުގައި ކުރާ އިންވެސްޓް 500 މިލިޔަން ޑޮލަރަށްވުރެ ބޮޑުވެފައި، އިންވެސްޓްކުރާ ސަރަހައްދުގައި ޢާންމު ޚިދުމަތްތަކާއި އިޢާދަކުރަނިވި ހަކަތައާއި ބައިނަލްއަޤުވާމީ ފެންވަރުގެ ސިޓީ ހޮޓަލެއް ނުވަތަ ހޮސްޕިޓަލެއް އެތަނުގައި އަޅަންޖެހޭކަމަށް އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު އިންވެސްޓަރުންގެ މެދުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިޒްނަސް ފޯރަމްތައް ބޭއްވުމަކީވެސް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ. އިންވެސްޓްމެންޓް ގެނައުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މި މަސައްކަތާއެކު ވަޒީފާގެ ފުރުޞަތުތައް އުފެދި، ޢާންމު ޚިދުމަތްތައް ޤާއިމުވެ، ތަޢުލީމާއި ތަމްރީންވުމުގެ ފުރުޞަތުތައް ފަހިވެ، ވަށައިޖެހޭ ތަރައްޤީ ރާއްޖެއަށް ގެނައުމަށް މަގުފަހިވެގެންދާނެއެވެ. މި މަސައްކަތްތަކަކީ ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށް ސަރުކާރުންކުރައްވާ މުހިންމު މަސައްކަތެކެވެ.
About Post Author
މާދަމާ ނިއުސް
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
