
ފީފާއިން ރާއްޖޭގައި ފުޓްބޯޅައިގެ އުންމީދީ ޕްރޮޖެކްޓްތަކެއް ހިންގާނެ ކަމަށާއި، އޭގެތެރޭގައި ފުޓްބޯލް ފޯ ސުކޫލްސް ޕްރޮޖެކްޓާއި، ފީފާ އެރީނާތައް ހިމެނޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް)ގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯ މެސެޖެއްގައި އިންފަންޓީނޯ ވިދާޅުވީ ފީފާ މާލޭގައި މިއޮތީ ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވާ ފުޓްބޯޅަ ތަރައްޤީކުރުމަށް އައު ޕްރޮޖެކްޓްތަކެއް ހިންގުމަށް ކަމަށެވެ. އޭގެތެރޭގައި ހުރިހާ ރަށެއް ޝާމިލުވާގޮތަށް ބާއްވާ ރީޖަނަލް ފުޓްބޯޅަ މުބާރާތްތަކާއި، ރާއްޖޭގެ ފުޓްބޯޅައާއި ދެކުނު އޭޝިއާ ސަރަހައްދުގައި ކުރިއަރަމުން އަންނަ ފުޓްބޯޅަ ކުރިޔަށް ގެންދިއުމަށް ފީފާއިން މަސައްކަތް ކުރައްވާނެ ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
ރާއްޖެއަކީ ކުޑަކުދިންނާއި ހަމައިން ފެށިގެން މުސްކުޅިންނާއި ހަމައަށްވެސް ފުޓްބޯޅައަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ “ހަޤީޤީ ފުޓްބޯޅަ ގައުމެއް” މި ކަންކަން ފާހަގަކުރައްވާ ފީފާގެ ރައީސް ވިދާޅުވީ މާލޭގައި ހޭދަކުރެވުނީ އުފާވެރި ދުވަހެއް ކަމަށެވެ. މި ހިތްގައިމު ރީތި ރާއްޖޭގައި ހޭދަކުރެވުނީ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ އިންފަންޓީނޯ ވިދާޅުވީ ގިނަ އަދަދެއްގެ ކުޑަކުދިންނާއެކު ގައުމީ ފުޓްބޯޅަ ދަނޑުގައި ހޭދަކުރެވުނީ “ވަރަށް ވަރަށް އިމޯޝަނަލް ދުވަހެއް” ކަމަށެވެ. “ރީތި ގައުމެއް. ވަރަށް ރަނގަޅު ބައެއް ދިރިއުޅޭ ގައުމެއް. އެންމެ މުހިންމު ކަމަކަމަށް މިއީ ހަމަ ހަގީގަތުގައިވެސް ފުޓްބޯޅައިގެ ގައުމެއް. ކުޑަކުދިންނާއި ހަމައިން ކާފާ މާމައާއި ހަމަށްވެސް ފުޓްބޯޅައަށް ލޯބިކުރޭ. އެހެންވީމަ ވަރަށް އުފާވެއްޖެ” އިންފަންޓީނޯ ވިދާޅުވިއެވެ.
މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލާމެދު އެފްއޭއެމްގެ ރައީސް ޠާރިގާއި މަޝްވަރާ ކުރެއްވި ކަމަށެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގެންނެވުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދީ ރައީސްއާއެކު ކުޅެވުނު ފުޓްބޯޅަ މެޗަކީވެސް ވަރަށް ހާއްސަ ވަގުތުކޮޅެއްކަމަށާއި، މިއީ އުފާވެރި ދަތުރެއްކަމަށް އިންފަންޓީނޯ ފާހަގަ ކުރެއްވިއެވެ. އަދި އެފްއޭއެމްގެ ރައީސް ޠާރިގާއި އެކްސްކޯ މެންބަރުންނާއެކު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ފީފާ މިއޮތީ ހުރިހާ އެންމެންނާއި އެކުގައިމަސައްކަތް ކުރުމަށް ކަމަށާއި، ފުޓްބޯޅަ އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ ރަނގަޅުވަމުން ކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ. ފީފާގެ ރައީސަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާކަމަށްވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
