
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އާއި ދެކޮޅަށް ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ވެސްޓް ހޭމް ބަލިވެއްޖެ އެވެ. މި މެޗުން ވެސްޓް ހޭމް ބަލިވެފައިވާއިރު މިއީ ލީގުގައި މި ސީޒަނުގައި އެ ޓީމު ކުޅުނު 9 މެޗުގެ ތެރެއިން ބަލިވި ހަތްވަނަ މެޗެވެ. ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން އެ ޓީމަށް ލިބިފާ 4 ޕޮއިންޓާއެކު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ. ލީޑްސްގެ އީލާންޑް ރޯޑްގައި ތިރީސް ހަހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލީޑްސް އިން ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެގޮތުން މެޗުގެ 3 ވަނަ މިނިޓުގައި ބްރެންޑަން އެންޑަސަން ލަނޑެއް ޖަހާ އެ ޓީމަށް ވަނީ ލީޑު ނަގައިދީފަ އެވެ. އަދި މެޗުގެ 15 ވަނަ މިނިޓުގައި ޖޯ ރޮޑޯން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
މި މެޗުގެ ފުރަތަމަ 15 މިނިޓުގައި ލީޑްސް އިން ޖެހި ދެ ލަނޑާއެކު މިއީ 2004 ވަނަ އަހަރަށްފަހު ޕްރިމިއާ ލީގުގައި އެ ޓީމު ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ 15 މިނިޓުގައި އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނެގުނު ފުރަތަމަ މެޗެވެ. ވެސްޓް ހޭމް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެތިއަސް ފެނާންޑޭޒް އެވެ. ގްރަހަމް ޕޮޓަރ ވެސްޓް ހޭމްގެ ކޯޗު ކަމުން ވަކިކޮށް ނޫނޯ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ވެސްޓް ހޭމް އިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމަށް އަދިވަނީ މޮޅުވެވޭ ގޮތް ނުވެފަ އެވެ. މި މެޗުގައި ވެސްޓް ހޭމްގެ ޒުވާން ޑިފެންޑަރ ލޫކަސް ޕަކޭޓާ އަށް އަނިޔާވުމުގެ އިތުރުން އެ ޓީމުން ޖެހި ލަނޑެއް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފަ އެވެ.
މި މެޗުން މޮޅުވުމާއިއެކު ލީޑްސް ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 9 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކު ތާވަލުގެ 13 ވަނަ މަގާމް ލިބިފަ އެވެ. މިއީ މިދިޔަ އޮގަސްޓް މަހަށްފަހު ލީޑްސް އަމިއްލަ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
