
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އެފްއޭއެމްގެ އާ ލީޑަރޝިޕުގެ މަސައްކަތުން ހާމަވެގެންދިޔައީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާގެ އިތުބާރު ރާއްޖެއަށް އޮތް މިންވަރުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުޘްތާޒު ޙުސެއިން މުޙަންމަދު ލަތީފް ވިދާޅުވެއްޖެއެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުގައި ނައިބު ރައީސް ވިދާޅުވީ މި އިތުބާރު ރާއްޖެއަށް ހޯދުނީ ރައީސް ދެއްވި އަހުމިއްޔަތާއެކު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އަހުމަދު ތާރިގް ކުރެއްވި މަސައްކަތުންކަމަށެވެ.
މިއީ އެފްއޭއެމްގެ ރައީސް ތާރިގު ފުޓުބޯޅަ ކުރިއެރުވުމައްޓަކައި އެޅުއްވި މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ފީފާގެ ރައީސްގެ މިދަތުރުގެ ސަބަބުން އިތުރަށް ގުޅުން ވަރުގަދަވެގެން ހިގައްޖެ ކަމަށެވެ. “މިއަދު މިތަނުން ފެނިގެންދާ ޅަކުދިންގެ މުސްތަގުބަލު އިރާދަކުރެއްވިއްޔާ އުޖާކޮށް ފެނިގެންދާނެ، މި ފިޔަވަޅާއެކު ފީފާއިން ރާއްޖެއަށް ދޭ އެހީތެރިކަމާ އިތުރު ސަޕޯޓް އިތުރުވެގެންދާނެ، ” ނައިބު ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އަވަށްޓެރި ގައުމުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ލޯ ރާއްޖެއަށް އަމާޒުވެގެންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެ ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ޒުވާނުންގެ ކަންކަން ރަނގަޅު ކުރެއްވުން ކަން ނައިބު ރައީސް ފަހާގަކުރެއްވިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ހާލަތު ވޭދުވެދިޔަ އަހަރުތަކުގައި އޮތީ ވަރަށް ނިކަމެތި ބަލިކަށި ހާލަތެއްގައިކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފުޓުބޯޅަ ނަގާ ކޮޅަށް ޖެހުމައްޓަކައި އެފްއޭއެމް އާ ލީޑަރޝިޕުގައިތިބީ ގާބިލު ޒުވާނުންތަކެއް ކަމަށާއި ފީފާގެ ރައީސާއެކު ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވުނީ ފުރިހަމަ ކާމިޔާބު އިވެންޓެންކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓުބޯޅައިގެ ދާއިރާ ތަރައްގީކުރެއްވުމާ ގުޅޭ މުހިންމު ދާއިރާތަކުން ވަނީ މަޝްވަރާކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
