
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިވެހި ފުޓްބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވައިފިއެވެ. މި ލޯގޯ އިފްތިތާހުކޮށް، ދައްކާލާފައިވަނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން އިއްޔެ ހަވީރު ބޭއްވި ފުޓްބޯޅައިގެ ޚާއްސަ ފެސްޓިވަލްގެ ތެރެއިންނެވެ. ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ފީފާގެ ރައީސް އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ދިވެހި ފުޓުބޯޅައަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެފްއޭއެމުން މީގެ ކުރިން ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިންއެވެ. އެފްއޭއެމްގެ އައު ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމާފައިވަނީ މި އަހަރަކީ ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރުކަމަށްވާތީ އެކަން ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދުގައި އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަމަށް ޚާއްސަ ކޮމިޓީއެއް “ޑައިމަންޑް ޖުބިލީ ކޮމިޓީީ” ގެ ނަމުގައި އުފެއްދުމަށެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
އަދި އެ ކޮމިޓީ އުފައްދައި ކުލަގަދަކޮށް އެކަން ފާހަގަކުރުމުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ޗެއާމަނަކަށް ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މިހާރުގެ ކޯޗު ސުޒެއިން ހަމަޖައްސާފައިވާއިރު، ޑައިމަންޑް ޖުބިލީ ކޮމިޓީ އުފައްދާފައިވަނީ އެޑްހޮކް ކޮމިޓީއެއްގެ ގޮތުގައެވެ. ޑައިމަންޑް ޖުބިލީ ކޮމިޓީ އެކުލަވާލާފައި ވަނީ ކުލަބުތަކުން ނަން ފޮނުވައިގެންނެވެ.
ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން 75 ހަރަކާތެއް ރާވާފައިވާ ކަމަށާއި، އެ ހަރަކާތްތައް ކުރިއަށްދާނީ އެފްއޭއެމްގެ ކުޅިވަރު ކަލަންޑަރާ ގުޅިލާމެހިންގެން ކަމަށް އެ އިދާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އަންނަ އަހަރުގެ ޖޫން މަހު އަލިމަސްޔޫބީލް ފާހަގަކުރުމަށް ޚާއްސަ ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ރާވާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކުން ފުޓުބޯޅަ ޝަޚުޞިއްޔަތެއް ހޮވުމާއި، ފުޓްބޯޅައަށް އެންމެ ޚިދުމަތްތެރި ރަށެއް ހޮވުމާއި، އަލިމަސްޔޫބީލްއާ ގުޅޭ ލަވައެއް ނެރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
