
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވައިޑައިގެންފިއެވެ. އިންފަންޓީނޯ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ދެންނެވީ މިނިސްޓަރ އޮފް ޓުވަރިޒަމް އެންޑް އެންވަރމެންޓް ޠާރިޤް އިބްރާހިމް އާއި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސް އަޙްމަދު ޠާރިޤް އާއި ފީފާގެ ރީޖަނަލް އޮފީސްގެ ހެޑް ޕްރިންސް ރޫފަސްގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތަލާލްއެވެ.
ފީފާގެ ރައީސަށް މަރުހަބާ ދެންނެވުމަށް ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންނާ ފުޓްބޯޅަ އާއިލާގެ ގިނައަދަދެއް މެންބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ. އިންފަންޓީނޯގެ މި ދަތުރުފުޅަކީ އެފްއޭއެމްގެ ރައީސް ޠާރިޤްގެ ދައުވަތަކަށް ކުރައްވާ އެއްދުވަހު ދަތުރުފުޅެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އިންފަންޓީނޯ އަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ އައިޓަމްތަކެވެސް ވަނީ ހުށަހަޅާދީފައެވެ.

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ފީފާގެ ރައީސްގެ މިދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓުބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް އެފްއޭއެމްގެ ހިންގުން ހަރުދަނާވެ ކުލަބުތަކުގެ މާލީ ނިޒާމާއި ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ ފުޓުބޯޅައިގެ ތެރޭގައި ހުނަރުވެރި ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރަކަށެވެ. މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ރައީސުލްުމްހޫރިއްޔާ ޑރ. މުހައްޙައްމަދު މުއިއްޒުއާއި ބައްދަލު ކުރައްވާނެއެވެ. އަދި ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ.
އުމުރުން މިހާރު 55 އަހަރުގެ އިންފަންޓީނޯ އަކީ އަސްލަކީ އިޓަލީއެވެ. ދިވެހި ފުޓްބޯޅަ އަލުން ކޮޅަށް ޖެހުމަށް އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގާއި އޭނާގެ ޓީމުން ކުރައްވާ މަސައްކަތްތައް ވެސް ބައްލަވާނެއެވެ. އިންފަންޓީނޯ އަކީ ކަންކަން އަމިއްލަފުޅަށް ތަޖުރިބާ ކުރައްވައި، އެކަން އިސްލާހު ކުރައްވައި، އެހީތެރިވެދެއްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މިއީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
