
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވިއަން)
ވައިގެ ދަތުރުފަތުރުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަށް ސިވިލް އޭވިއޭޝަން އޮޓޯރިޓީން އައު ޤަވައިދެއް އެކުލަވާލައިފިއެވެ. މި ގަވައިދު މިހާރު ވަނީ ގެޒެޓްކޮށްފައެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި އައު ގަވައިދަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގައުމީ އުފެންދުންތެރިކަން މަތިކޮށް ދިވެހި ވިޔަފާރިތަކަށް އިތުރު ބާރު ދިނުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށެވެ.
މި ގަވައިދުގެ ދަށުން ޖެނެރަލް ސޭލްސް އެޖެންޓުންނާއި (ޖީއެސްއޭ)، ޕެސެންޖާ ސޭލްސް އެޖެންޓުން (ޕީއެސްއޭ) އަދި ކާގޯ ސޭލްސް އެޖެންޓް (ސީއެސްއޭ) ގެ ގޮތުގައި އޮޕަރޭޓު ކުރަން ހުއްދަ ދެވޭނީ ހަމައެކަނި %100 ދިވެހި ކުންފުނިތަކަށެވެ. ކުރިން ގަވައިދު އޮންނަގޮތުން %49 ބޭރުގެ ފަރާތްތަކުގެ ހިއްސާ އޮންނަ ބޭރުގެ ކުންފުނިތަކަށް ދިވެހިރާއްޖޭގައި މިފަދަ ވިޔަފާރިތައް ކުރެވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި އިސްލާހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ލަފާފުޅާއިއެކު ގެނެވުނު ބަދަލެއްކަމަށެވެ. އަދި މިއީ ދިވެހި ވިޔަފާރިތަކަށް ކުރިއެރުންދީ އެ ވިޔަފާރިތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކުން ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ބަދަލެއްކަމަށެވެ. އަލަށް މި އެކުލަވާލި ގަވައިދާއިއެކު ވައިގެ ދަތުރުފަތުރު އަދި ޓްރާންސްޕޯޓް ދާއިރާއިން ލިބޭ މާލީ ފައިދާތައް ދިވެހި އިޤްތިޞާދުގެ ތެރޭގައި ހިފެހެއްޓުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދިވެހިންގެ މިލްކުވެރިކަމަށް އިސްކަންދީ ލޯކަލް ވިޔަފާރިވެރިންނަށް ފުޅާ ދޮރުތަކެއް ހުޅުވުމާއިއެކު ސަރުކާރުން މަސައްކަތްކުރަމުންދަނީ އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމްކޮށް ދިވެހި ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމަށްކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
