
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ޤައުމުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ ހަރުމުދާތައް ބޭނުންކޮށްގެން، ޔޫކްރެއިނުގެ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ޚަރަދުތައް ހަމަޖައްސައިދިނުމަށް ލޯނެއް ދިނުމަށް އެއްބަސްވެއްޖެއެވެ. އީޔޫގެ ސަމިޓުގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވި، ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުގެ އުއްމީދަކީ، ރަޝިޔާގެ ހަރުމުދާތައް ބޭނުންކޮށްގެން ގާތްގަނޑަކަށް 163 ބިލިއަން ރުފިޔާގެ ލޯނެއް ކުރިއަށް ދުވަސްތަކުގައި އީޔޫ މެދުވެރިކޮށް ހަމަޖެހިގެން ދިޔުމެވެ.
މި ސްކީމްގައި ބޭނުންކުރަން ރާވާފައިވާ ރަޝިޔާގެ ހަރުމުދާތައް ބެލްޖިއަމްގެ ބެލުމުގެ ދަށުގައި ހުރިއިރު، މިކަމާގެން ކުރިއަށް ދިޔުމަށް ބެލްޖިއަމުން ވަނީ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. ބެލްޖިއަމްގެ ބޮޑުވަޒީރު ބާޓް ޑި ވީވަރ ވިދާޅުވީ، މި ސްކީމް ކުރިއަށް ގެންދަންޖެހޭނީ ދެފުށްފެންނަ ގޮތަށް، މިކަމުން ބެލްޖިއަމަށް ކުރިމަތިވެދާނެ ހިރާސްތައް އިއްތިހާދުގެ އެހެން ޤައުމުތަކުން ވެސް ހަމަހަމައަށް އުފުލަން އެއްބަސްވެގެން ކަމަށެވެ.
މިގޮތުން، މި ސްކީމްގައި ބޭނުންކުރާ ރަޝިޔާގެ ހަރުމުދާތައް މުސްތަޤުބަލުގައި އަނބުރާ ދައްކަންޖެހޭ ޙާލަތެއްގައި، އޭގެ ޚަރަދުތައް އީޔޫގެ ޤައުމުތައް ގުޅިގެން އުފުލުމަކީ ބެލްޖިއަމްގެ ޝަރުތެކެވެ. މީގެއިތުރުން، އެހެން ޤައުމުތަކުން ހިފަހައްޓާފައިވާ ރަޝިޔާގެ ހަރުމުދާތައް ވެސް މި ސްކީމުގައި ބޭނުންކުރަން ވެސް ބެލްޖިއަމުން ބޭނުންވެއެވެ. މި ޝަރުތުތަކަށް އެއްބަސްނުވާނަމަ، މި ސްކީމާ ދެކޮޅަށް އިއްތިހާދުގެ ތެރެއިންނާއި ޤައުމީ ފެންވަރުގައި ވެސް މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު ޑި ވީވަރ ދެއްވިއެވެ.
އީޔޫ ކައުންސިލްގެ އިސްވެރިޔާ އެންޓޯނިއޯ ކޮސްޓާ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަށް ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އާލާތްތައް މި ސްކީމް މެދުވެރިކޮށް ފަންޑުކޮށްދޭން އީޔޫން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ޔޫކްރެއިނުގެ ސަރުކާރުގެ އިސް އޮފިޝަލަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، ޔޫކްރެއިނުން މި ފައިސާ، މި އަހަރު ނިމުމުގެ ކުރިން ބޭނުންވެއެވެ. އަދި މި ފައިސާ ޔޫކްރެއިނުން ބޭނުންވާ ކަންކަމަށް ޚަރަދުކުރުމުގެ މިނިވަންކަން ވެސް ޔޫކްރެއިނުން ބޭނުންވާކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ރަޝިޔާގެ ހަރުމުދާތަކުން ޔޫކްރެއިނަށް ފަންޑުކުރަން އީޔޫން ނިންމާފައިމިވަނީ، ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާފައިވާ ދަނޑިވަޅެއްގައެވެ. އީޔޫގެ އިތުރުން، އެމެރިކާއިން ވެސް މިއަދު ވަނީ، ރަޝިޔާގެ މައި ދެ ތެޔޮ ކުންފުންޏާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.
އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިންއާއެކު ތާވަލުކުރެއްވި ބައްދަލުވުން ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ. އެ ބައްދަލުވުން ކެންސަލްކުރެއްވީ، ޕުޓިންއާ އެކު ބައްދަލުކުރެއްވުމުގެ މާނައެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހުއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
