
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމަ ހުއްޓައިލުމަށް ފިއްތުންތައް ކުރިމަތިކުރުވަން، ރަޝިޔާގެ މައި ތެޔޮ ކުންފުނިތަކާ ދެކޮޅަށް އެމެރިކާ އާއި ވިލާތުގެ އިއްތިހާދުގެ ޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް ފަސް ޕަސެންޓުން އުފުލިއްޖެއެވެ. އެމެރިކާއިން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އައު ފިޔަވަޅުތައް އަޅާފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިންއާއެކު ތާވަލުކުރެއްވި ބައްދަލުވުން ކެންސަލް ކުރެއްވުމާ ގުޅިގެންނެވެ.
އެ ބައްދަލުވުން ކެންސަލްކުރެއްވީ، ޕުޓިންއާ އެކު ބައްދަލުކުރެއްވުމުގެ މާނައެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހުއެވެ. އެމެރިކާގެ މާލީ އިދާރާއިން ބުނީ، ޔޫކްރެއިނާ ދެކޮޅަށް ކުރާ ހަނގުރާމައަށް ފަންޑުކުރާކަމަށް ތުހުމަތުކުރެވޭ، ރަޝިޔާގެ މައި ދެ ތެޔޮ ކުންފުނިކަމަށްވާ، ރޮސްނެފްޓް އާއި ލުކޮއިލްއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ކަނޑައެޅުމުގައި ބަލާ މައި މިންގަނޑަކީ ބްރެންޓް ކްރޫޑާއި ވެސްޓް ޓެކްސަސް އިންޓަރމީޑިޔޭޓްގެ ސާފު ނުކުރާ ތެޔޮ ފީފާގެ އަގުތަކެވެ. ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު، ބްރެންޓް ކްރޫޑްގެ ތެޔޮ ފީފާއެއްގެ އަގު 2.99 އެމެރިކާ ޑޮލަރަށް އިތުރުވެ، 65.58 ޑޮލަރަށް އަރާފައިވާއިރު، ވެސްޓް ޓެކްސަސްގެ ފިފާއެއްގެ އަގު 2.93 ޑޮލަރުން މަތިވެ، 61.43 ޑޮލަރަށް ވަނީ އުފުލިފައެވެ.
ރޮއިޓަރސް ނޫހުން ބުނެފައިވާ ގޮތުގައި، ޗައިނާ ސަރުކާރުގެ ތެޔޮ ކުންފުނިތަކުން ވަނީ ރަޝިޔާގެ އެ ދެ ކުންފުނިން ތެޔޮ ގަތުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. މިކަމުގެ ސަބަބުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށް އަންނާނެ ލޮޅުންތައް ތެޔޮ އުފައްދާ ޤައުމުތައް (އޯޕެކް)އިން ފޫބައްދާނެކަމަށް ކުވެއިތުގެ ހަކަތައާބެހޭ ވަޒީރު ވަނީ ޔަޤީންކަން ދެއްވައިފައެވެ. ރަޝިޔާގެ ދެ ތެޔޮ ކުންފުންޏާ ދެކޮޅަށް އިނގިރޭސިވިލާތުން ވަނީ މިދިޔަ ހަފްތާގައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.
އަދި ވިލާތުގެ އިއްތިހާދުން މިއަދު ވަނީ ރަޝިޔާއިން ގޭސް އެތެރެކުރުން މަނާކުރުމާއެކު ރަޝިޔާގެ ހަކަތައިގެ ސަޕްލައިއަށް އަމާޒުކޮށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. ރަޝިޔާއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ވަގުތުން ހުއްޓާނުލައިފިނަމަ، ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ވަނީ ދީފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
