
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގައި ތިބި ބަލި މީހުންގެ ތެރެއިން، އެންމެ ބޮޑަށް ޙާލު ގޯސްވެފައިވާ 41 ބަލި މީހުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ ބެލުމުގެ ދަށުން ޣައްޒާއިން ނެރެފިއެވެ. އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނަމް ގެބްރިއޭސުސް ވިދާޅުވި ގޮތުގައި، އެ ބަލި މީހުންނާ އެކު އެ މީހުންގެ އެހީތެރިންގެ ގޮތުގައި 145 މީހުން ވެސް ޣައްޒާއިން ނެރެފައިވާ ކަމަށެވެ.
އަދި ޣައްޒާގައި މި ވަގުތު ވެސް ބޭސްފަރުވާއަށް ބޭރަށް ގެންދަންޖެހޭ 15،000 އަށް ވުރެ ގިނަ ބަލި މީހުން އެބަތިބި ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ. އޭގެތެރޭގައި، 3،800 އެއްހާ ކުޑަކުދިން ވެސް ހިމެނެއެވެ. އެއާ އެކު، އޭނާ ވަނީ އެ ބަލި މީހުންނަށް ބޭސްފަރުވާ ފޯރުކޮށްދިނުމަށް ޣައްޒާއިން ނެރެވޭނެ ހުރިހާ މަގުތަކެއް ހުޅުވައިލުމުގެ ހުރިހާ ޤައުމުތަކުގެ އެހީތެރިކަމަށް ގޮވާލައްވައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެކޮޅަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން ދެމުންދާ ލާއިންސާނީ ޢުދުވާނުތަކުގައި ޣައްޒާގެ އެތައް މައުސޫމް ރައްޔިތުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބި، ބޭސްފަރުވާއަށް ބޭނުންވެފައެވެ. އޭގެ އިތުރުން، ކެންސަރާއި ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކަށް ބޭސްފަރުވާ ބޭނުންވާ އެތައް ހާސް މީހުންނަށް ވެސް ވަނީ ބޭސްފަރުވާއިން މަޙްރޫމްވެފައެވެ.
ހަނގުރާމަ ފެށުނު ފަހުން، ބޭސްފަރުވާއަށް ބޭނުންވެފައިވާ 7،000 އަށް ވުރެ ގިނަ މީހުން ޣައްޒާއިން މިހާތަނަށް ނެރެފައިވާއިރު، އޭގެތެރެއިން ދެ ބައި ކުޅަ އެއްބައި ގެންގޮސްފައިވަނީ މިޞްރަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި، ރަފަޙް ސަރަޙައްދީ ހުރަސް ޔަހޫދީން ހިސާރުކޮށް، ބަންދުކުރުމުގެ ސަބަބުން، ޣައްޒާއިން ބަލި މީހުން ނެރެން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިވެފައެވެ.
އެގޮތުން، މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، ފަރުވާ ނުލިބި، 740 އަށް ވުރެ ގިނަ މީހުން ޣައްޒާގައި ޝަހީދުވެފައިވާކަމަށް ޑަބްލިޔުއެޗްއޯއިން މީގެ ކުރިން ވަނީ ބުނެފައެވެ. އޭގެތެރޭގައި 137 ކުޑަކުދިން ހިމެނޭކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
