
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގައި އަލުން ފުޓްބޯޅައިގެ ފޯރި ގެނައުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރި މަސައްކަތުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ލީގުގެ ކޮލިޓީ ރަނގަޅުވަމުން އަންނަ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ. ކުޅިވަރާއިބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގައި ފޯރިގަދަ ބޮޑު ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ 8 ވަރަކަށް އަހަރުވެފައިވީފަހުން މިހާރު ފުޓްބޯޅަ ލީގު ފެށިގެން ކުރިޔަށްދާއިރު ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރެވިފައި ވަނީ އެފްއޭއެމްގެ އައު ބޯޑާއި ކުލަބުތަކާއި ހުރިހާ އެންމެން ކުރި ބުރަ މަސައްކަތުން ކަމަށެވެ.
“ފުޓްބޯޅަ ނެތޭ ބުންޏަސް އެންމެންވެސް ގަބޫލުކުރާނެ. އެހާލަތުން އެހެން ހާލަތަކަށް ގެނައުމަށްޓައި ހުރިހާ އެންމެންވެސް ކުލަބުތައް ވެސް ހިމެނޭގޮތަށް ކުރި މަސައްކަތުން މިހާ ހިސާބަށް އާދެވިފަ މިވަނީ. ވަރަށް ބުރަކޮށް މަސައްކަތް ކުރެވިގެން އެސޯސިއޭޝަންގެ އިލެކްޝަން ސަކްސެސްފުލްކޮށް ބޭއްވި ލީގުވެސް ކުރިޔަށް ގެންދެވޭ ގޮތްވީ” ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރުގެ ގޮތުގައި ޒަމާންތަކެއް ވަންދެން އޮތް ފުޓްބޯޅަ އަލުން ދިރުވުމަށް އެފްއޭއެމްއިން ކުރިޔަށް ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ އެފްއޭއެމްގެ ވިސްނުން ކުޅިވަރު ވުޒާރާގެ ވިސްނުމާއި އެއްގޮތަށްދާތީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެފްއޭއެމުން ފުޓްބޯޅައިގެ ފޯރިގަދަކޮށް ކުރިޔަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަައްވަމުން ގެންދަވާކަމަށާއި، އެންމެ ފަހުން ކުޅުނު ލަންކާ މެޗުންވެސް ރާއްޖޭގެ ފުޓްބޯޅައަށް ކުރީގައި އޮތް ފޯރި އަންނަ ކަމަށް ފާހަގަކުރެވިއްޖެ ކަމަށް ވަޒީރު ވިދާޅުވިއެވެ. “ލީގުގެ ކޮލިޓީ ރަނގަޅުވަމުން އަންނަކަމަށް ވަރަށް ގިނަ ބޭފުޅުން ބުނޭ. އޭގެ އިތުރުން އަތޮޅުތެރޭގައި މުބާރާތްތައް ބޭއްވޭ ގޮތަށް އޭސޯސިއޭޝަންގެ ވިސްނުން ހުރުމަކީ މިއީ އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް އެސޯސިއޭޝަންގެ ވިސްނުން ބައްޓަންވެގެންދިއުން. އެއީ ރަނގަޅު ކަމެއް” ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ ހަމައެކަނި މާލޭގައި ކުޅިވަރުތައް ބޭއްވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުޅިވަރުތައް ބަހާލައިގެން މުބާރާތްތައް ބޭއްވުންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން އެފްއޭއެމުން އަތޮޅު ފުޓްބޯޅަ މުބާރާތް އަތޮޅުތަކަށް ބަހާލައިގެން ކުރިޔަށްގެންދިއުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކަމަށް އަތޮޅު ތެރެއިން ތަރްހީބުވެސް ލިބިފައިވާކަމަށާއި، ހަތަރު ރީޖަނެއްގައި އެމުބާރާތް ބާއްވަން ނިންމައި، ކުޑަ ދުވަސްކޮޅެއްގެތެރޭގައި އެކަންކަން ފެށިގެން ދިއުމަކީ ރަނގަޅު ފާލެއް ކަމަށްވެސް ވަޒީރު ފާހަގަ ކުރެއްވިއެވެ.
“ހަތަރު ރީޖަނެއްގައި ކުރިޔަށް ގެންދިއުން ނިންމާފަ އެވަނީ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިހާ ގިނަ ދުވަސް ކޮށްފައި މިހާ ދަށުގައި އޮތްތަނެއް އިލެކްޝަން ބޭއްވިގެން ކުޑަދުވަސްކޮޅެއްގެ ތެރޭގައި މިހާ ހިސާބަށް ދިއުމަކީ ވަރަށް ބޮޑު ކާމިޔާބީއެކޭ” ވަޒީރު ވިދާޅުވިއެވެ. އުނދަގޫ ހާލަތެއްގައި އޮތް އިދާރާއަކުން އަލަށް އިންތިޚާބު ކުރި ބޯޑުން އަލުން އަނބުރާ ފުޓްބޯޅައިގެ ފޯރި އިޔާދަކުރަން ކުރާ މަސައްކަތުން އެ ފެންނަނީ މުޅި ފުޓްބޯޅަ ކޮމިއުނިޓީން އެދޭ އެދުމެއް ކަމަށާއި، އެހެންކަމުން މިހާރު އެފްއޭއެމްއިން އިސްނަންގަވައިގެން ކުރައްވާ މަސައްކަތާއެކު ފުޓްބޯޅައިގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަރަށް ފޯރިއާއެކު މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ފުޓްބޯޅަ މުބާރާތްތަތައް ބޭއްވި ރަށްރަށުގައި މުބާރާތްތައް ކުޅެވުމަކީ ވަރަށް ޕޮސިޓިވް ކަމެއްކަމަށާއި، މިދަނީ ވަރަށް ރަނގަޅު މިސްރާބަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގައި ފައިސާއަށް ހިޔާނަތްތެރިވުމާއި އިދާރީ މައްސަލަތައް ފުނިޖެހި ހިންގުން ބޮއްސުންލައިގެން ދިއުމުން ފީފާއިން އޮތީ އެފްއޭއެމް ނޯމަލައިޒްކޮށްފައެވެ. އެކަން ނިމުމަކަށް ގެނެސް އެފްއޭއެމްއަށް އަލުން އަމިއްލަ ބާރާއެކު ކުރިޔަށް ދެވޭނެ މަގެއް ފެނުނީ 26 ޖުލައި 2025 ގައި ބޭއްވި އިންތިޚާބުގައި، ހުރިހާ މެންބަރު ކުލަބުތަކުގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރ އަޙްމަދު ޠާރިޤް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުކޮށްގެންނެވެ.
About Post Author
މާދަމާ ނިއުސް
ފެނުނީ އާދައިގެ ޕޯޗްގަލްއެއް، ވަރލްޑްކަޕްގައި ކޮންގޯގެ ފުރަތަމަ ޕޮއިންޓް ޕޯޗްގަލް އަތުން!
(ފޮޓޯ ކްރެޑިޓްސް: ފީފާ) ތިން ގައުމެއްގައި ބާއްވާ ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ވާދަކޮށް 1-1...
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
