
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަޙްމަދު ޠާރިޤްގެ ދައުވަތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުކުރުދުވަހު މާލެއަށް ކުރައްވާ ޒިޔާރަތުގެތެރެއިން ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއެކު ފުޓްބޯޅަ މެޗެއް ކުޅުއްވާނެއެވެ.
މި މެޗު އޮންނާނީ ހަވީރު 4 ން 6 އަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެތެރޭގައެވެ. ރާއްޖޭގެ އެކަޑަމީތަކާއި ކުލަބުތަކުގެ ޒުވާން ކުޅުންތެރިންވެސް މި އިވެންޓުގައި ފުޓްބޯޅައިގެ ހުނަރުތައް ދައްކާލަން ހަމަޖެހިފައިވާއިރު މިއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.
މި ޒިޔާރަތުގެ ތެރެއިން ރައީސް އާއި ބައްދަލުކުރައްވާ ރާއްޖޭގެ ފުޓްބޯޅައިގެ ދާއިރާ ތަރައްޤީކުރެއްވުމާއި ގުޅޭ މުހިންމު ދާއިރާތަކުން މަޝްވަރާކުރެއްވުމާއި ގައުމީ ފުޓްބޯޅަ ދަނޑުގައި އޮންނަ ހަރަކާތްތަކުގެ ދެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވުން ހިމެނެއެވެ. ފީފާގެ ރައީސްގެ މިދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ހިއްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް އެފްއޭއެމްގެ ހިންގުން ހަރުދަނާވެ ކުލަބުތަކުގެ މާލީ ނިޒާމާއި ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ ފުޓްބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރަކަށެވެ.
މި ޒިޔާރަތުގައި އިންފަންޓީނޯ ރާއްޖޭގެ ކުލަބުތަކުގެ ވެރިންނާވެސް ބައްދަލުކުރައްވާނެއެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އޮޅުއްފިލުއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒާއި ދެބޭފުޅުން ކުޅުއްވާ ފުޓްބޯޅަ މެޗު ޕީއެސްއެމްއިން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު، އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ހާއްސަ ދަތުރުގެ ލައިވް ކަވަރޭޖް ހުކުރު ދުވަހު ހެނދުނުން ފެށިގެން ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި އޮންނަ ހަރަކާތްތަކަށް ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އެފްއޭއެމްގެ ރައީސް ދައުވަތުދެއްވާފައިވާއިރު މި ދުވަސް ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް އުފާވެރި ދުވަހަކަށެވެ. އަދި ރާއްޖެއަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ވެރިއަކު މިފަހުން ކުރައްވާ ހާއްސަ ޒިޔާރާތުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އައު ދިރުމެއް ލިބި ފީފާގެ އެހީތެރިކަމާއެކު އެފްއޭއެމް އަދި ސަރުކާރުން ފުޓްބޯޅައިގެ ދާއިރާއިން ހާސިލުކުރަން ހިފާފައިވާ އަމާޒުތަކާއި ހަމައަށް ވާސިލުވުމަށް ލިބޭނެ އިތުރު ބާރަކާއި ހިތްވަރަކަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
