
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ، އެފްއޭއެމްގެ ރައީސް އަހުމަދު ތާރިގް (ޓޮމް)ގެ ދައުވަތަކަށް މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ. އިންފަންޓީނޯގެ ޒައާމަތުގައި ރާއްޖެއަށް ފީފާއިން ގިނަ އެހީތަކާއި ފައިސާ ލިބިފައިވީ ނަމަވެސް، އެ ފައިސާއިން މާބޮޑު ކަމެއް ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
ހުޅުމާލޭގައި އަޅަން ފެށި ފުޓްބޯޅަ ސްކޫލާއި، މާފަންނު ކުޅިވަރު އެކުވެނީގައި އަޅަން ފެށި އެފްއޭއެމްގެ ވަގުތީ އޮފީސް އިމާރާތް ހުރީ ނުނިމި، އެތަންތަން ވަނީ އެކި ފަރާތްތަކަށް ކުއްޔަށް ދީފައެވެ. މި މައްސަލަތައް މިހާރު ހުރީ ކޯޓުގައެވެ. މީގެ އިތުރުން، މިފްކޯ ކުރިމަތީގައި ހުރި އެފްއޭއެމްގެ މައި އޮފީސް އިމާރާތް ވެސް ވަނީ ހަލާކުވެ، އެތަނުގައި އަޅަން އުޅުނު 20 ބުރީގެ އިމާރާތުގެ މަސައްކަތް ހުއްޓި، ފައިސާގެ މައްސަލަތައް ވެސް ކުރިމަތިވެފައެވެ. ގަލޮޅު ދަނޑު ވެސް ހުރީ ވީރާނާވެ، އެފްއޭއެމް މިހާރު މަސައްކަތްކުރަނީ ވެސް ވަރަށް ދަތިކޮށެވެ. އިންފަންޓީނޯއަށް ރާއްޖޭގެ ފުޓްބޯޅައިގެ މި ހާލަތު ފެނިވަޑައިގަންނަވާނެއެވެ.
ނަމަވެސް، އެފްއޭއެމްގެ މިހާރުގެ ރައީސް ޓޮމްއަކީ ހުށިޔާރު ބޭފުޅެއް ކަމުންނާއި، އިންފަންޓީނޯއަކީ ވެސް ކުދި ގައުމުތަކަށް އެހީތެރިވެދެއްވުމަށް އަބަދުވެސް ތައްޔާރަށް ހުންނަވާ ބޭފުޅެއް ކަމުން، މި ދަތުރަކީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ބޭނުންވާ ފައިސާއާއި ވަސީލަތްތައް ފީފާ މެދުވެރިކޮށް ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. ފީފާގެ އެހީގައި ފުޓްބޯޅަ ފުޅާކުރުމަށް ބޭނުންވާ ހުނަރާއި ވަސީލަތްތައް ހޯދައި، އަދި އައު ސްޓޭޑިއަމެއް ބިނާކުރުމަށް ވެސް ފީފާއިން އިންވެސްޓް ކުރުމުގެ ފުރުސަތު ވަރަށް ގާތެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
