
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
މިހާތަނަށް 81 ފަރާތަކާ ފްލެޓްގެ ތަޅުދަނޑު ހަވާލުކޮށްފައިވާކަމަށާއި އަމާން އުދަރެހުގެ ބާކީ ދެން ހިމެނޭ ޓަވަރުތަކުގެ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމްގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑު ހަވާލުކުރަން ފަށާފަވަނީ ސެޕްޓެންބަރު 5 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގައި ޖުމްލަ ހިމެނެނީ 32 ޓަވަރުގެ 4000 ހައުސިން ޔުނިޓެވެ. ކޮންމެ ޓަވަރެއްގައި 125 ހައުސިން ޔުނިޓް ހިމެނެއެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކުރަން ފަށާފަވާ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް މިވަނީ އެގެތަކުގެ ވެރިންނާ ހަވާލުކޮށްފައެވެ. އަދި ބައެއް އާއިލާތަކުން މިހާރު ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އެފްޑީސީން ވިދާޅުވީ ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން ނިމި، ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތަކުގައިވެސް ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ގޮސް، އެކަންކަން ހަމަޖެހިފަވާކަން ކަށަވަރުކުރަމުންދާކަމަށެވެ. 14 ވަނަ ޓަވަރުގެ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައެވެ.
އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓްއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އަމާން އުދަރެހުގެ އިތުރު ޓަވަރުތަކުގެވެސް ތަޅުދަނޑި ހަވާލުކުރުމަށް ތައްޔާރުވެފަވާކަމަށާއި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ. ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެތެރޭގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ފްލެޓް ހަވާލުކޮށް ނިންމުމެވެ. ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން، އެކަން ރިވިއުކުރުމަށް ދިގު މުއްދަތެއް ދަނީ ހޭދަވަމުންނެވެ. އެ މައްސަލަތައް ޙައްލުކޮށް އެފަރާތްތަކަށްވެސް ވީހާވެސް އަވަހަށް ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ ފްލެޓްތަކަށް ގަވައިދުން ފައިސާ ދައްކާމީހުންނަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމާފައެވެ. އަދި ފްލެޓްތަކުގެ ޑައުން ޕޭމަންޓްވެސް ވަނީ ކުޑަކޮށްދީފައެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
