
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާގެ އެކުވެރި ޤައުމުތަކުގެ އަސްކަރީ ފައުޖެއް ޣައްޒާއަށް ފޮނުވުމަށް ނިންމަވާފައިވާ ކަން ރައީސް ޑޮނަލްޑް ޓްރަމްޕް ހާމަކުރައްވައިފިއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ވަނީ މަޑުޖައްސައިލާފައެވެ. ނަމަވެސް، ޔަހޫދީން މިހާރު ވެސް ދަނީ އެއްބަސްވުމާ ޚިލާފަށް ޖަރީމާތައް ހިންގަމުންނެވެ. މި ގޮތުން، ޣައްޒާގެ އެކި ކަންކޮޅުތަކަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންދާއިރު، ޣައްޒާގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ހަރަކާތްތެރިވަމުންދާ ޔަހޫދީ ސިފައިން ދަނީ ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް އަސްކަރީ ޓޭންކުފަހަރާއި ބަޑީގެ ޙަމަލާތައް ދެމުންނެވެ. އެެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވެއެވެ.
ޙަމާސުން ވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައި ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، ބާރުގެ ބޭނުން ކޮށްގެން ޙަމާސް ހުއްޓުވުމަށް އަސްކަރީ އޮޕަރޭޝަނެއް ފެށުމަށް ހުށަހަޅުއްވާފައިވާނެ ކަމަށާއި، އެ އޮޕަރޭޝަންގައި ބައިވެރިވުމުގެ ޝައުގުވެރިކަން އެމެރިކާގެ އެކުވެރި ބައެއް ޤައުމުތަކުން ފާޅުކޮށްފައިވާ ކަމުގައެވެ. ނަމަވެސް، މި ވަގުތަށް އެ ފަދަ އޮޕަރޭޝަނެއް ފެށުމުގެ ބޭނުމެއް އަދި ނެތް ކަމުގައި ވެސް ޓްރަމްޕް ވިދާޅުވިއެވެ. “އަޅުގަނޑު އެ ޤައުމުތަކާއި އިސްރާއީލު ގާތު ބުނިން، [އަސްކަރީ އޮޕަރޭޝަނެއް ފަށާކަށް] ‘އަދި ނުވޭ!’ ޙަމާސުން ހެޔޮ ގޮތުގައި އަމަލު ކުރާނެ ކަމުގެ އުންމީދު އަދިވެސް އެބައޮތް،” ޓްރަމްޕް ވިދާޅުވިއެވެ. “ޙަމާސުން އެ ގޮތަށް އަމަލު ނުކޮށްފި ނަމަ، އެ ޖަމާޢަތުގެ ނިމުން އަންނާނީ ވަރަށް ކުއްލިއަކަށް، ބާރުވެރިކަމާ އެކު، އަނިޔާވެރިކަމާ އެކު. އެ ކަމުގައި އެހީތެރިވާނެ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ޤައުމުތަކަށް ޝުކުރު އަދާކުރަން.”
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ 68,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވެފައިވާ މީހުންނެވެ. އަދި، ޣައްޒާގައި ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ލަފާކުރެއެވެ. ޣައްޒާ ޢުދުވާނުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
