
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެމެެރިކާގެ އެދުމަށް އިނގިރޭސިވިލާތުގެ އަސްކަރީ ފައުޖެއް ޔަހޫދީ ދައުލަތަށް ފޮނުވާފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް މި މަހުގެ 9ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ވަނީ އެއްބަސްވުމެއް ޤާއިމްކޮށްފައެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި އިސްކޮށް ޙަރަކާތްތެރިވެފައި ވަނީ އެމެރިކާއާއި މިޞްރާއި ޤަޠަރުންނެވެ. އެ ތިން ޤައުމުން މިހާރު މަސައްކަތްކުރަމުން ދަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާތައް އޮމާންކޮށް ކުރިއަށް ގެންދިޔުމަށެވެ.
އެ އެއްބަސްވުމާ ގުޅިގެން ޣައްޒާގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް އެމެރިކާއިން އިސްވެ ޚާއްޞަ އަސްކަރީ ފައުޖެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ. ސިވިލް މިލިޓަރީ ކޯއޯޑިނޭޝަން ސެންޓަރު، ނުވަތަ ސީއެމްސީސީގައި ހިމެނޭނީ ކޮން ބައެއް ކަމާއި އެ ފައުޖުގެ ދައުރާއި ޤާނޫނީ ޙައިސިއްޔަތާއި މި ފަދަ އިތުރު ކަންކަމާމެދު އަދި އެއްބަސްވެފައެއް ނުވެއެވެ. އެމެރިކާއިން ވަނީ ސީއެމްސްސީސީގައި ބައިވެރިވުމަށް އެ ޤައުމުން 200 ސިފައިން ފޮނުވުމަށް އެއްބަސްވެފައެވެ. އެމެރިކާއިން ބުނީ އެ ޤައުމުން އިންޑޮނޭޝިޔާއާއި އެކުވެރި ޢަރަބި އިމާރާތާއި މިޞްރާއި ޤަޠަރާއި ތުރުކީވިލާތާއި އަަޒަރުބައިޖާންއާއެކު ސީއެމްސީސީގައި ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ އެ ޤައުމުގެ މަދު ޢަދަދެއްގެ ސިފައިން ސީއެމްސީސީގައި ބައިވެރިކޮށްފައިވާ ކަމަށެވެ. ޣައްޒާގެ ހަމަޖެހުން ކަށަަވަރުކުރުމަށް އެމެރިކާއިން ރާވާފައިވާ ރޭވުންތަކުގައި އިނިރޭސިވިލާތުން ފުރިހަމައަށް ބައިވެރިވެވާން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޣައްޒާގައި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވެފައިވާ އެއްބަސްވުމަށް އެއްބާރުލުން ދިނުމުނަށް ބައިނަލްއަަޤްވާމީ ބައިވެރިންނާއެކު އިނގިރޭސިވިލާތުން މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
