
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތައް ހުއްޓާލި ފަހުން އެ ސަހަރަށް އެހީގެ ސާމާނު ވައްދަމުން ދިޔަ ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އަދިވެސް އެހީގެ ސާމާނު ނުވެއްދޭ ކަމަށް އދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ޑަބްލިޔުއެފްޕީން ބުނެފިއެވެ. ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސްއާ ދެމެދު އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ޤާއިމްކޮށްފައިވާ ޞުލްޙައިގެ އެއްބަަސްވުމުގައި ޣައްޒާއަށް ފުރިހަމައަށް އެހީގެ ސާމާނު ވަައްދަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. ޑަބްލިޔުއެފްޕީން ބުނީ ދުވާލެއްގެ މައްޗަށް 2،000 ޓަނުގެ އެހީގެ ސާމާނާއި ކާބޯތަކެތި ޣައްޒާއަށް ވެއްދުމަށް އަމާޒު ކުރާ ކަމަށެވެ. ނަމަވެސް ޣައްޒާއަށް މި ވަގުތު ތަކެތި ވެއްދެނީ އެންމެ ދެ މަގު މެދުވެރިކޮށް ކަމަށްވާތީ އަދިވެސް އެދެވޭ މިންވަރަށް ތަކެތި އެތެެެރެނުވާ ކަމަށް އެ އިދާރާއިން ބުނެއެވެ. ދެ އަހަރު ވަންދެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޢުދުވާނީ ޙަމަލާތަކުގައި މުޅި ސަހަރު ސުންނާފަތިވެ ރައްޔިތުން ނިކަމެތިވެފައިވާ އިރު، ޣައްޒާއަށް މި ވަގުތު ވަންނަނީ ދުވާލެއްގެ މައްޗަށް 750 ޓަނުގެ ކާނާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ޑަބްލިޔުއެފްޕީގެ ތަރުޖަމާނު އަބީރު އާތިފާ ވިދާޅުވީ އަމާޒުކޮށްފައިވާ މިންވަރަށް ޣައްޒާއަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދޭނީ ސާމާނު ވެއްދުމަށް ބޭނުންކުރާ ހުރިހާ ހުރަސްތަކުގެ ބޭނުން ހިފިގެން ކަމަށެވެ. މި ވަގުތު ޣައްޒާއަށް ސާމާނު އެތެރެކުރަނީ ދެކުނުގައި އޮންނަ ކަރިމް އަބޫ ސާލިމް ހުރަހާއި މެދުތެރޭގައި އޮންނަ އަލްކަރާރާ ހުރަހުންނެވެ. އާތިފާ އިތުަރަށް ވިދާޅުވީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރާ ބޮޑެތި ގާފިލާތަކަށް ޣައްޒާ ސިޓީއަށާއި ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް ނުވަދެވޭ ކަމަށެވެ. އޭނާ ވިދާޅުވީ ޣައްޒާގެ އުތުރުން ދެކުނަށް ދަތުރުކުރާ މައި މަގު ކަމަށްވާ ޞަލާޙުއްދީން މަގު ބޭނުން ކުރުމުގެ ޙުއްދަ ޑަބްލިޔުއެފްޕީއަށް ލިބިފައި ނުވާ ކަމަށެވެ. ޣައްޒާއަށް މިހާރު އެތެރެކުރެވިފައިވާ ބައި މިލިޔަން މީހުންނަށް ދެ ހަފްތާއަށް ކާންދެވޭ މިންވަރުގެ ކާނާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޣައްޒާއާއި މިޞްރާ ގުޅުވައިދޭ ރަފަޙް ހުރަސް މިހާތަނަށް ހުޅުވާފައެއް ނުވެއެވެ. ޔަހޫދީން ވަނީ ވަކި ގޮތެއް އަންގަންދެން އެ ހުރަސް ބަންދުކޮށްފައި އޮންނާނެ ކަމަށް ބުނެފައެވެ. އދގެ ކުޑަކުދިންނާ ބެހޭ އިދާރާގެ ތަރުޖަމާނު ރިކާޑޯ ޕަޔަރސް ވެސް ވިދާޅުވީ ޣައްޒާއަށް ފޯރުކުރަމުންދާ އިންސާނީ އެހީއަކީ އެ ސަހަރަށް ހަޤީޤަތުގައި ބޭނުންވާ މިންވަރަށް ވުރެ މާ މަދު މިންވަރެއް ކަމަށެވެ. އޭނާ ވެސް ވަނީ ޣައްޒާއަށް އެހީ ވެއްދޭނެ ހުރިހާ މަގުތައް ހުޅުވުމަކީ ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
ޣައްޒާގެ ރައްޔިތުންނަށް ކާނާ ލިބުމުން، ގިނަ ބަޔަކު ދަނީ އެ ކާނާ ރައްކާކުރަމުންނެވެ. އެ ސަހަރުގެ ރައްޔިތުން ތިބީ އަނެއްކާ ވެސް ކާނާއަށް ޖެހިދާނެ ކަމުގެ ބިރުވެރިކަން މަތީގައެވެ. އާތިފާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ކާނާ ލިބުމުން އެ ކާނާއިން އެއްބައި ކައި، އަނެއްބައި ފަހަށް ރައްކާ ކުރާ ކަމަށެވެ. ޞުލްޙައިގެ އެއްބަސްވުން ދެންމެ ދެންމެ ރޫޅިދާނެ ފަދަ ޙާލަތަކަށް އެ މީހުން ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
