
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓައިލުމަށް ބާރުއެޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒަޔަނިސްޓު ދައުލަތަށް ޚާއްޞަ ވަފުދެއް ފޮނުއްވައިފިއެވެ. ޣައްޒާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސާއި ޔަހޫދީން އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. ނަމަވެސް، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ. އަދި، ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. ޣައްޒާގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ބުނީ، އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީން ދީފައިވާ ވައިގެ ޙަމަލާތަކާއި ބަޑީގެ ޙަމަލާތަކުގައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީންގެ މި ޖަރީމާތަކާ ގުޅިގެން، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ފޭލުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ޔަހޫދީންގެ މި ފަދަ ޖަރީމާތައް ހުއްޓުމަކަށް ގެނެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ކަމަށް ބާރު އެޅުމަށް އޭނާ ޒަޔަނިސްޓު ދައުލަތަށް ފޮނުއްވި ވަފުދުގެ މެންބަރުން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންުޔާހޫއާ ބައްދަލު ކޮށްފައެވެ. އެމެރިކާގެ ވަފުދުގެ މައިގަނޑު މަޤުޞަދަކީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެއްބަސްވުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ޙަމާސާއި ޔަހޫދީން ވެސް ދީފައިވާ ކަމުގައެވެ. ނަމަވެސް، އޮކްޓޫބަރު 19ވަނަ ދުވަހު ވެސް ޔަހޫދީން ވަނީ ޣައްޒާއަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއްދީ 42 މީހުން ޝަހީދު ކޮށްލާފައެވެ. އަދި، އެ ސަހަރުގެ އެންމެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށް ބޮންއަޅައި، އިތުރު ހަތަރު މީހުން ޝަހީދު ކޮށްލާފައެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ޙަމާސާއި ޔަހޫދީން އެއްބަސްވެފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ ދަށުންނެވެ. ޓްރަމްޕް ޤަބޫލު ކުރައްވާ ގޮތުގައި، އެއްބަސްވުމާ ޚިލާފުވަމުން ދަނީ ޙަމާސްގެ ވަކިވަކި މެންބަރުންނެވެ. އަދި، އެއީ ޙަމާސްގެ ސިޔާސީ ވެރިންގެ އަމުރަށް ހިންގަމުންދާ އަމަލުތަކެއް ކަމުގައި ޤަބޫލު ނުކުރައްވާ ކަމުގައި ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ޙަމާސުން ތަކުރާރުކޮށް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައިވާ ނަމަ، އެ ޖަމާޢަތް ނައްތައިލާނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވަނީ އަނެއްކާ ވެސް އެ ޖަމާޢަތަށް އިންޒާރު ދެއްވާފައެވެ. އެއްބަސްވުމަށް އަމަލުކޮށް، އެ ކަން ދެމެހެއްޓުމަށް ބާރު އެޅުމަށް ޓްރަމްޕް ޒަޔަނިސްޓު ދައުލަތަށް ފޮނުއްވާފައިވާ ބޭފުޅުންގެ ތެރޭގައި އޭނާގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފާއި އޭނާގެ ދަނބިދަރިކަލުން ޖަރެޑް ކުޝްނަރ ހިމެނިވަޑައިގަންނަވައެވެ. އަދި، އޮކްޓޫބަރު 21ވަނަ ދުވަހު، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ޒަޔަނިސްޓު ދައުލަތަށް ވަޑައިގެންނެވުމަށް އޮތީ ހަމަޖެހިފައެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަަސްވުމުގެ ފުރަތަމަ މަރުޙަލާއަށް އަމަލު ކުރަން ފަށާފައިވީ ނަމަވެސް، ޙަމާސާއި ޔަހޫދީންނާ ދެމެދު ދެމެހެއްޓިނި ގޮތެއްގައި ސުލްޙަ ޤާއިމު ކުރުމާ ގުޅޭ މަޝްވަރާތައް މިޞްރުގައި މިހާރު ވެސް ދަނީ ކުރިއަށެވެ. މި ވަގުތު ޙަމާސާއި ޔަހޫދީންނާ ދެމެދު ދެބަސްވުން އުފެދިފައި އޮތް އެންމެ ބޮޑު މައްސަލައަކީ ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އިންކާރު ކުރަމުން ދިޔުމެވެ. ނަމަވެސް، އެއްބަސްވުމަށް އިޙުތިރާމު ކުރުމުގެ ގޮތުން ޙަމާސުން ދަނީ އެ ޖަމާޢަތުގެ ބެލުމުގައި ދަށުގައި ތިއްބައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި މަރައިލާފައިވާ އިތުރު އަސީރުންތަކެއްގެ ހަށިތައް ޔަހޫދީންނާ ޙަވާލުކޮށްފައެެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
