
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމުން މިމުބާރާތުގެ މިޑްލޭ ރިލޭ އިވެންޓް ފުރިހަމަކުރާނެ ކަމަށާއި އުންމީދަކީ މި އުމުރުފުރާގެ ގައުމީ ރިކޯޑް އައުކުރުން ކަމަށް ޓީމާއެކު ބަޙްރެއިނަށް ދިޔަ ކޯޗު ހުސެއިން ހަލީމް ބުނެފިއެވެ. ބަޙްރެެއިނަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ހުސެއިން ހަލީމް ބުނީ އުންމީދަކީ ހުރިހާ އެތުލީޓުންވެސް އެ ކުދިންގެ ޕާސަނަލް ބެސްޓް އައު ކުރުން ކަމަށެވެ. އިންޓަރ ސުކޫލު އެތުލެޓިކްސް މުބާރާތާއި ދިމާވުމުން އެންމެ ރަނގަޅަށް ފަރިތަކުރުންތައް ކުރިޔަށް ނުގެންދެވުނުނަމަވެސް ތައްޔާރުވެވުނު މިންވަރާއި ބަލާއިރު އެކުދިންގެ ޕާސަނަލް ބެސްޓް ދެއްކޭނެ ކަމަށް ކޯޗު ބުންޏެވެ.
“މި މުބާރާތުގައި އެބަ ވާދަކުރޭ މިޑްލޭ ރިލޭގައި. މިޑްލޭ ރިލޭގައި މި އުމުރުފުރާގެ ގައުމީ ރިކޯޑް އައުކުރުން އަޅުގަނޑުމެންގެ ޓާގެޓަކީ” ކޯޗު ހަލީމް ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށާއި، މިކަން މިގޮތަށް ކުރިޔަށްދާނަމަ ސީނިއާ ގައުމީ ޓީމަށް ރަނގަޅު އެތުލީޓުން ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
