
(ފޮޓޯ ކްރެޑިޓްސް: އެމްއޯސީ)
ރާއްޖޭގެ ތްރީ އޮންތްރީ ބާސްކެޓް ޓީމު އޭޝިއަން ޔޫތް ގޭމްސްއަށް ދިޔައީ ވަރަށް ބޮޑު އުންމީދެއްގައި ރަނގަޅު ވާދައެއް ކުރުމަށް ކަމަށް ކުޅުންތެރިންނާއެކު ބަޙްރެއިނަށް ދިޔަ ކޯޗު އަލީ އިޝާމް ބުނެފިއެވެ. ހޯމަ ދުވަހު ޓީމު ބަޙްރެއިނަށް ގޮސްފައިވާއިރު ކޯޗު އިޝާމް ބުނީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިވީ ދެމަސް ދުވަހުގެތެރޭގައި ރަނގަޅަށް ތައްޔާރުވެވުން ކަމެވެ. ތްރީ އޮންތްރީ ބާސްކެޓް އަންހެން އަދި ފިރިހެން ޓީމާއެކު ބަހްރެއިނަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ބުނީ މިފަހަރު ކުޅުންތެރިން ތައްޔާރުކުރީ ރަނގަޅު ވާދައެއް ކުރުމަށް ކަމަށެވެ.
“ވަރަށް ހައި ހޯޕްސްއާއި އެކީގައި މިދަނީ ޓޯނަމަންޓަށް. އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ބުނީ ދެން ބާސްކެޓް ޓީމެއް ނުދާނެއޭ އެކްސްޕީރިއަންސް ހޯދާށޭ ކިޔާފައެއް. އިރާދުކުރެއްވިއްޔާ މީގެ ފަހުން ދާނީ ޗެލެންޖަށޭ ކިޔާފައޭ ދާނީ. އޭގެ މާނައަކީ އަޅުގަނޑުމެން ދެން މި ޕްރިޕެއާވީ ޗެލެންޖް ކޮށްލެވޭވަރު ތްރީ އޮންތްރީ ޓީމެއް ގޮވައިގެންނޭ ދާން. އެހެންވީމަ ޕްރިޕަރޭޝަންއަށް ވަގުތު ލިބުނީމަ ވަރަށް ހިތްހަމަޖެހޭ“ ކޯޗު ބުންޏެވެ. އޭޝިއަން ޔޫތް ގޭމްސްގައި ތްރީ އޮންތްރީ ފިރިހެން އަދި އަންހެން އިވެންޓުގައި ވާދަކުރާ ދެޓީމުގެ ފަރިތަކުރުންތައް ދިޔަގޮތާއި ބެހޭ ގޮތުން ކޯޗު ބުނީ މީގެ ކުރިން އައުޓްޑޯ އެކަނި އޮންނާތީ ފަރިތަކުރުންތަކަށް ބުރޫއަރާ ކަމަށެވެ. ”އެހެންވީމަ ވިއްސާރަވީމަވެސް ހުއްޓާލަން ޖެހޭ. އެކަމަކު މިފަހަރު ޓްރޭނިންގ ފެސިލިޓީއެއް ހުރީމަ ވަރަށް ރަނގަޅު ކޮންމެ ދުވަހަކުވެސް ޕްރެކްޓިސް ކޮށްލަން ލިބޭތީ“ ކޯޗު ބުންޏެވެ.
ރާއްޖޭން އޭޝިއަން ޔޫޓް ގޭމްސްގައި ތްރީ އޮންތްރީ ބާސްކެޓް އަންހެން އަދި ފިރިހެން އިވެންޓުގައިވެސް ވާދަކުރެއެވެ. ފިރިހެން ބާސްކެޓް ޓީމުގެ ކެޕްޓަން ލަޔާން އަހުމަދު ޖަމީލު ބުނީ މިއީ އައު ތަޖުރިބާއެއް ކަމަށާއި، އެހެންނަމަވެސް ޓީމުގެ ޓާގެޓަކީ އެހެން ޓީމުތަކަށް ރަނގަޅު ފައިޓެއް ދިނުން ކަމަށެވެ. އަންހެން ޓީމުގެ ކެޕްޓަން މަރިޔަމް ކައިލީން ޝީރުހާން ބުނީ އަންހެން ރަނގަޅު ވާދައެއް ކޮށްލެވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
