
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް)
ފައިސާ ޗާޕުނުކޮށް ވައުދުތައް ފުއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހައްދުންމަތީ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވަޢުދުވަނީ އެ ވަޢުދުތައް ފުއްދޭނެކަމުގެ ޔަޤީންކަމާއެކުގައިކަމަށެވެ. އަދި ސަރުކާރުގައި މަސައްކަތްކުރައްވާ އެންމެންވެސް މަސައްކަތްކުރަނީ އެ ޢަޒުމުގައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ސަރުކާރާއި، ސަރުކާރާ ގުޅިފައިވާ ހުރިހާ މުއްސަސާތަކާއި މަޖިލީހުގެ އިތުރުން އެހެނިހެން މުއައްސަސާތައް ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރަމުން ގެންދަނީ ވަރުގަދަ ރޫޙެއްގައިކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިޤްތިޞާދު އޮތީ ނާޒުކު ހާލަތެެއްގައިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އިޤްތިޞާދުވެސް ރަނގަޅުކުރުވަމުން އަންނަކަމަށެވެ. ދައްކަން ޖެހޭ އެތައް ހާސް މިލިޔަން ރުފިޔާގެ ބިލުތައް ނުދައްކާ އޮތްކަމަށާއި މިހާރުވެސް 2000 މިލިޔަން ރުފިޔާގެ ބިލުތައް އޮތްކަމަށެވެ. އަދި މިހާތަނަށް އައިރުވެސް އެތައް ބިލުތަކަށް ފައިސާ ދައްކާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މިހާރު ނުދައްކާ ހުރި ފައިސާ ދައްކާނެކަން ތަކުރާރުކުރައްވާފައެވެ. މިގޮތުން މިހާރު ބިލުތަކައް ފައިސާ ދެއްކުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުވީ އެއްވެސް ވަޢުދެއް ދޫނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ޤާނޫނާ ގަވައިދުގެ ތެރެއިން ވީ ވަޢުދުތައް ފުއްދަމުން ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައިދެމުން. އެހެންކަމުން މިފައިސާ ކުރިއަށް އޮތް ހަފްތާ 2 ހަފްތާގެ ތެރޭގައި އަދާކޮށްދޭނަން” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދަވަނީ ފައިސާ ޗާޕުނުކޮށްކަން ރައީސް ވަނީ ތަކުރާރު ކުރައްވާފައެވެ. ރައީސް ވިދާޅުވީ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އިމާރާތްކުރުމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައިވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ސިޔާސީ ހައްޔަރުކުރުންތަކާއި ބަދަލުހިފުމުގެ ރޫޙާއި ޖުޑީޝަރީ ދާއިރާއަށްވެސް ނުފޫޒު ނުފޯރުވާނެކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށް ޖުޑީޝަރީ ދާއިރާގައި ތިއްބެވި ބޭފުޅުން ހެކިވާނެކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުން ޖުޑީޝަރީ ދާއިރާގައިކުރާ އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށާއި އަދުލުވެރިކަމާއެކު ކަންކަން ކުރުމަށް ރައީސް އެދިވަޑައިގަތެވެ. ޤައުމުގެ ހަމަޖެހުން ޤާއިމްކުރުމަކީ ހުރިހާ މުއައްސަސާއެއްގެ ޒިންމާއެއްކަމަށާއި އެކަން ކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
އިންގްލޭންޑުން ކްރޮއޭޝިއާ ކޮޅަށް 4 ލަނޑު
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ފީފާ ވޯލްޑް ކަޕްގައި އިންގްލޭންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 4-2 އިން އިންގްލޭންޑް ކާމިޔާބުކޮށްފިއެވެ. މި މެޗުގައި އިންގްލޭންޑްގެ ކެޕްޓަން...
