
2800 މީޓަރުގެ ދިގު ރަންވޭއަކާއެކު އިންޓަރނޭޝަނަލް ފެންވަރަށް ކައްދޫ އެއަރޕޯޓު ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ފޮނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއަރޕޯޓު މަޝްރޫޢަށާއި ފޮނަދޫގެ ތަރައްޤީއަށް ޖުމްލަ 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ފޮނަދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ކައްދޫ އެއަރޕޯޓު އިތުރަށް ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ޙަވާލުކުރެވުނު މަޝްރޫޢުއަކީ މުޅި އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ މަޝްރޫޢެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން 2800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ މިއެއަރޕޯޓު މަޝްރޫޢަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެދަށުން 144 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މީގެތެރެއިން 114 ހެކްޓަރަކީ އެއަރޕޯޓަށް ބޭނުންވާ ބިން ކަމަށާއި، އަނެއް 30 ހެކްޓަރުގެ ބިމަކީ ފޮނަދޫގެ ތަރައްޤީއަށް ބޭނުންވާ ބިންކަމަށް ރައީސް ވިދާޅުވިއެވެ.
“ބަންޑްވޯލް ޖެހުމުގެ މަސައްކަތް ގާތްގަނޑަކަށް 5 މަސްދުވަހުގެ ތެރޭގައި ކުރިއަށްގެންދާނެ އަދި އެއަށްފަހު ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ. ގިނަވެގެން އަހަރެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށް މަސައްކަތްކުރާނެ.” ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ކައްދޫ އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށް އޮތް 3 އަހަރުގެތެރޭގައި ނިންމުންކަމަށެވެ. އެގޮތުން މިއީ މުޅި އަތޮޅަށް ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފޮނަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އަންނަ އަހަރު ފައްޓަވާނެކަންވެސް ޢިއުލާންކުރައްވާފައެވެ. އެގޮތުން އަންނަ އަހަރުގެ ތެރެގައި 100 ހައުސިން ޔުނިޓުގެ މަސައްކަތް ޢަމަލީގޮތުން ފައްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަމައެއާއެކު މިސަރަޙައްދުގައި ތަޢުލީމީ ފުރުސަތުތައް ފަހިކޮށްލިބޭނެ މަގު ފަހިކޮށްދެއްވުމަކީވެސް އިސްކަންދެއްވާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ފޮނަދޫއަށް ވަޑައިގަތީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދުތައް ޢަމަލީގޮތުން ފެއްޓެވުމަށްކަމަށެވެ. އެގޮތުން މިއަހަރާއި މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތަކުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ. މިރަސްމިއްޔާތުގެ ތެރެއިން ވަނީ ފޮނަދޫގެ ބިންހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި، ކައްދޫ އެއަރޕޯޓު ތަރައްޤީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ. މީގެއިތުރުން ފޮނަދޫގެ އޮފީސް ކޮމްޕްލެކްސް ތަރައްޤީކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި މަގު ހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ހަވާލުކުރައްވާފައެވެ. މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
ފޮނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި ބަސް ކިޔަވައިދޭ ސްކޫލެއް ޢިމާރާތްކުރުމުގެ އެއްބަސްވުމެއްވެސް ވަނީ އެކުލަވާލައްވާފައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ރަޙީމާ ޢަބްދުއްރަޙީމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ އަޙްމަދު ސަޢުދީއެވެ. މީގެއިތުރުން ފޮނަދޫގައި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިމަސައްކަތް ހަވާލުކުރައްވާފައިވަނީ އެމްއޭސީއެލްއާއެވެ. ފޮނަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ފޮނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތާއި ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ އިތުރުން ފޮނަދޫގައި އޮފީސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއ،ި ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއުވެސް މި ޖަލްސާގައި ވަނީ ހަވާލުކޮށްފައެވެ.
About Post Author
މާދަމާ ނިއުސް
މޭޔަރު އާޒިމް “މީޑިއާ ސްޓަންޓް” ނުޖައްސައި ލިޔުމުން މުއާމަލާތްތައް ކުރައްވަން މިނިސްޓަރު މުއްތަލިބް އެދިވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭ މޭޔަރު އާދަމް އާޒިމް ދައްކަވާ ވާހަކަތަކުގައި ހަގީގަތް އޮޅުވާލައްވާ ކަމަށް ވިދާޅުވެ، މީގެފަހުން މޭޔަރާ އެކު ކުރާ ހުރިހާ...
މާލޭގެ ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއެޅުމުގެ ފުރަތަމަ ބޮޅު: މަސް މާރުކޭޓު އަޅާ ބިން ހަވާލުނުކުރަން ކައުންސިލުން ނިންމައިފި!
(ފޮޓޯ ކްރެޑިޓްސް: މިހާރު) މާލޭގެ އާ މަސް މާރުކޭޓު އެޅުމަށް ކަނޑައަޅާފައިވާ ބިން، ގާނޫނީ އިމުގެ ތެރެއިން ނޫނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުނުކުރުމަށް މާލޭ...
ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެމެހެއްޓުމުގައި ފަތުރުވެރިކަން ކުރިއެރުމުގެ ދައުރު ބޮޑު
(ފޮޓޯ ކްރެޑިޓްސް: އެމްއޭސީޢެލް) ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމުގައި ފަތުރުވެރިކަމުގެ ސިނާޢަތް މުހިންމު ދައުރެއް އަދާކުރާ ކަމަށް އައިއެމްއެފްއިން ފާހަގަކޮށްފިއެވެ. އެ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާ...
މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު
(ފޮޓޯ ކްރެޑިޓްސް: މިފްކޯ) ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ވަނީ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ...
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޓްރަމްޕްގެ އިންޒާރު އީރާނަށް
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ތާރީޚީ އެއްބަސްވުމެއްގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި އޮތް ހަނގުރާމަ ހުއްޓާލައި 60 ދުވަހުގެ...
ފަސްޓްލޭޑީ ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، "ބީ.އެމް.އެލް. ރާއްޖެ ޖޫނިއަރ ޗެމްޕިއަންޝިޕް 2026" ރަސްމީކޮށް އިއްޔެ ހުޅުވައިދެއްވައިފިއެވެ. މާލޭ ސޯޝަލް...
