
ފަތުރުވެރިކަމަކީ ހަމައެކަނި ޒިޔާރަތްކުރާ މީހުންގެ އަދަދު ނުވަތަ އާމްދަނީގެ މިންގަނޑެއްގެ ގޮތުގައި ނުބަލައި، އެއީ ޝާމިލުވުމާއި، އެކުވެރިކަން އިތުރުކުރުކޮށް، އަމަންއަމާންކަމަށް މަގުފަހިކޮށްދޭ ބާރެއްގެ ގޮތުގައި ދުށުމަށް ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ވިދާޅުވެއްޖެއެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި، “ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިންގ ވަރލްޑް”، މި ޝިޢާރުގެ ދަށުން މިހާރު ކުރިއަށްދާ، ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ފަތުރުވެރިކަމަކީ ހަމައެކަނި ތަފާސްހިސާބުތަކާއި މާލީ ފައިދާއަށް އަމާޒުވެފައި އޮތް ސިނާޢަތަކަށްވުމުގެ ބަދަލުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބޭނުންތެރި ބާރަކަށް ވާންޖެހޭކަމުގައި ވިދާޅުވެފައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ފަތުރުވެރިކަން ސިފަކުރައްވާފައިވަނީ، ބައިބައިވެފައިވާ މި ދުނިޔޭގައި އިންސާނިއްޔަތު އެއްބައިވަންތަކުރާ އެންމެ މުހިންމު އެއް ބާރުގެ ގޮތުގައެވެ.
ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމާއި ތަރައްޤީ އެއްހަމަކުރުމަށް ކުރަމުންދާ މަސައްކަތުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރާއްޖޭގައި ހިންގާ ރިސޯޓްތަކުން، މުރަކަ އާލާކުރުމާއި، އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، ކުނި މަދުކުރުމުގައި ފަތުރުވެރިން ބައިވެރިކޮށްގެން ނަމޫނާ ދައްކަމުން އަންނަކަން ފާހަގަކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ހަމަ އެކަނި އަރާމާއި ހިތްހަމަޖެހުމުގައި ދުވަސްތަކެއް ހޭދަކޮށްލުމުގެ އިތުރުން، މާނަވީ ގޮތެއްގައި އެ ދުވަސްތައް ހޭދަކުރުމުގެ މަޤްޞަދުގައިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 2028 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތަ އަކީ އިޢާދަކުރަނިވި ވަސީލަތްތަކުން އުފައްދާ ހަކަތަކަމުގައި ހެދުމަށް ސަރުކާރުން ގެންގުޅުއްވާ އަޒުމަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވަމުން ޑޮކްޓަރ ވަޙީދު ވަނީ، މޫސުމީ ބަދަލުތަކަށް ވިލުންތެރި ޤައުމަކަށްވުމަކީ، ރާއްޖެއިން އަހުމިއްޔަތުކަން ދޭ ކަމެއްކަން ބަޔާންކުރައްވާފައެވެ.
އަދި، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި، އީޖާދުކުރުމާއި ޝާމިލުކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އިންސާނީ، ޘަޤާފީ، އިޖުތިމާޢީ އަދި ތިމާވެށީގެ ރައުސްމާލަށް ވުނަކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމަމިއާއެކު، ފަތުރުވެރިކަން އަލުން ބައްޓަންވެގެން އަންނައިރު، ހަމައެކަނި މާލީ ފައިދާއަށް އިސްކަންދިނުމުގެ ބަދަލުގައި، ތިމާވެށި އާރޯކުރުމަށާއި، ޘަޤާފަތަށް އިޙްތިރާމްކުރުމާއި، މުޖުތަމަޢު ހަރުދަނާކޮށް ތަނަވަސްކުރުމަށް އިސްކަންދިނުމަކީވެސް މުހިންމު ކަމެއްކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ފަތުރުވެރިކަމަކީ ޙަޤީޤީ ބާރަކަށް ހެދުމަށް، ދުނިޔޭގެ ލީޑަރުންނާއި، ވުނޭރުންނާއި، ދަތުރުވެރީން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ގޮވާލައްވަމުންނެވެ. ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ކުރިއަށްގެންދާނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 20 އިން 21 އަށް ބްރަސަލްސްގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
