
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުޑަވެސް ފަސްޖެހުމެއް ނޯންނާނެކަމަށް މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި ފޮނަދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަޖިލީހުގެ ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އަދި ތަމްސީލުކުރައްވާ ދާއިރާ ހިމެނޭ ފޮނަދޫގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިއަދާހަމައަށް އައިރު އަދުގެ ސަރުކާރުން މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާކަމަށެވެ. އޭގެ އެންމެ ބޮޑު ކާމިޔާބީއަކީ ދިވެހި ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ދައްކަންޖެހޭ ދަރަނި ދައްކަމުން، ކުރަންޖެހޭ ކަންކަން ކުރަމުން މިއަދާހަމައަށް ކުރިއަށްގެންދަވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅުއްވަނީ ޤައުމުގެ ކުރިއެރުމާއި ޔައްޔިތުންނާ ގުޅުންހުރި މުޙިއްމު ބިލުތަކެއްކަން ފާހގަކުރަައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އެފަދަ ބިލުތައް ފާސްކުރުމަށް މަޖިލީހުން މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މެންބަރުން ތިބީ ފިސާރި ކެރިގެން ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭން ތައްޔާރަށްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
“ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ހިންގުމަށް ބޭނުންވާ އެއްވެސްކަމެއްގައި ކުޑަވެސް ފަސްޖެހުމެއް ނޯންނާނެ. އަދި ސަރުކާރުން ފޮނުވާ އެފަދަ މުހިންމު ބިލުތައް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ އަދުގެ ސަރުކާރުން އަރބަން ސެންޓަރެއްގެ ގޮތުގައި ފޮނަދޫ ތަރައްޤީކުރެއްވުމަށް ނިންމެވި ނިންމެވުން ފާހަގަކުރައްވައި، މި ދަރުފުފުޅުގެ ތެރެއިން ސޮއިކުރެވުނު ތަރައްޤީގެ މަޝްރޫޢުތަކަކީ އެރަށުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ގިނަ އަދި އެންމެ ބިޔަ މުހިންމު މަޝްރޫއުތައްކަން ފާހަގަކުރައްވާފައެވެ.
ފޮނަދޫ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ ފޮނަދޫގައި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް އިމާރާތާއި ލޭންގުއެޖް ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެ އިތުރުން ފޮނަދޫގައި އޮފީސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްޤީކުރުމާއި މަގުހެދުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވައްސާއި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއ،ި ކައްދޫ އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ފޮނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސެއް ގާއިމުކުރުމުގެ މަޝްރޫއުވެސް މި ޖަލްސާގައި ވަނީ ހަވާލުކޮށްފައެވެ. އަދި އެމަޝްރޫޢުތައް ނިމި އިފްތިތާޙުކުރުމަށް ރައީސް ވަޑައިގަންނަވާނެ ދުވަހެއްގެ އިންތިޒާރުގައި އެރަށު ރައްޔިތުން ތިބޭނެކަމުގައި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
