
އިންތިޚާބަކާއި ދިމާނުކޮށް ވޭތުވެދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުމުން އެ ރަށު ކައުންސިލުންނާއި ރަށު ރައްޔިތުން އެކަން ފާހަގަކޮށްފިއެވެ. ވޭތުވެދިޔަ 40 އަހަރުތެރޭ އިންތިޚާބަކާއި ދިމާނުކޮށް ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުނަހަންދޫއަށް ވަޑައިގަތުމުންނެވެ. ރައީސްގެ ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލްކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ރައްޔިތުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި އެ ރަށަށް ކުރެއްވި ޒިޔާރަތަކީ، އިންތިޚާބެއްގެ ކެމްޕޭނާއި ދިމާނުވާގޮތަށް ރައީސަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަމަށެވެ. އަދި މިއީ އެރަށަށް ތާރީޚީ ދުވަހެއްކަން ފާހަގަކޮށް، އެރަށުގެ ރައްޔިތުން ވަނީ އުފަލާއެކު އެކަން ބަލައިގަންނަކަން ހާމަކޮށްފައެވެ.
“އަޅުގަނޑުމެންގެ ހަޔާތުން 40 އަހަރު ވެގެންދިޔައިރުގަ އަޅުގަނޑުމެންގެ ކައިރިއަށް އިންތިހާބީ ރައީސެއް ފުރަތަމަ ކުނަހަންދޫ ރައްޔިތުންނާ ބައްދަލްކުރުމަށްޓަކައި ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް އުފަލާއެކު ފާހަގަކުރަން” ކުނަހަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެރަށަށް ޚާއްޞަ ކުރެއްވި ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާދެއްވާފައެވެ. އަދި ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ ޚިޔާލު ހޯއްދަވައި، ރައްޔިތުން އެދޭގޮތަށް ކުނަހަންދޫގެ ތަރައްޤީގެ ކަންކަން ގެންގޮސްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކުނަހަންދޫގެ ރައްޔިތުން އެދޭ ހުރިހާކަމަކަށް ހައްލު ގެނައުމުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގެ ސްކޫލްގެ ޖާގައާއި މެދު އޮތް ކަންބޮޑުވުމާއި ގުޅިގެން ރައީސް ވިދާޅުވީ، އެކަމަށް ބޭނުންވާ ސާމާނު މޫސުން ތަންދިންހާ އަވަހަކަށް ރަށަށް އަންނާނެކަމަށެވެ. އަދި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ސްކޫލް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި އެމަގުން މަސައްކަތް ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ފެނާއި ނަރުދަމާ ނެތުމުގެ ސަބަބުން ރައްޔިތުން ދިގު މުއްދަތަކަށް އުފުލަމުންގޮސްފައިވާ މައްސަލައަށް ކޮންމެވެސްގޮތަކުން ހައްލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ މަސައްކަތާއި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތު ނުބޭއްވުނުނަމަވެސް، އެމަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެކަމަށެވެ. މީގެއިތުރުން ކުނަހަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ވަނީ ސޮއިކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. އަދި އާރްޑީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މީގެއިތުރުން މިރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
