
ލިވަޕޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެ ޓީމުގެ ކޯޗު އާނޭ ސްކޮޓް މިހާރު ވާން ޖެހެނީ ރެއާލް މެދްރިޑްގެ ކޯޗަކަށް ކަމަށް އެ ޓީމުގެ ލެޖެންޑް ޖެމައިން ކަރެގާ ބުނެފި އެވެ. ވިދިވިދިގެން ހަތަރު މެޗުން ލިވަޕޫލް ބަލިވުމުން އެކަމަށް ފާޑުކިއުން އަމާޒުވެފައިވާ ވަގުތެއްގައި ވާހަކަ ދައްކަމުން ކަރެގާ ބުނީ އެމީހަކު ކެހި ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ ވެސް އެ މީހަކު ކަމަށެވެ. “މިދިޔަ ޓްރާންސްފާ މާކެޓުގައި ލިވަޕޫލް ހީވީ ރެއާލް މެޑްރިޑްހެން. ކުޅުންތެރިން ގެނައީ ގޮތެއް ފޮތެއް ބަލާނުލައި. މީގެ ސަބަބުން ހުރިހާ ކުޅުންތެރިން އުފަލުގައި ބައިތިއްބަން ދަތިވެގެން އުޅޭތަން ފެންނަނީ. އޭނާ މިކަން ކުރީ. އެހެންވީމާ މިކަން ހައްލު ކުރަން ޖެހޭނީ ވެސް އޭނާ އަށް. މިވަގުތު އެކަން ވާނީ ރެއާލް މެޑްރިޑްގެ ކޯޗަކަށް ވެގެން. ރެއާލްގައި އެކަން ކުރަން ވަރަށް މޮޅު މީހަކަށްވީ ކާލޯ އަންޗެލޯޓީ،” ކަރެގާ ބުންޏެވެ.
އޭނާ އިޝާރާތް ކުރީ ލިވަޕޫލުން 400 މިލިއަނަށްވުރެ ގިނަ ޕައުންޑް ހަރަދުކޮށް ގިނަ ކުޅުންތެރިންތަކެއް ގެނައުމަށެވެ. ކަރެގާ ބުނީ ބައެއް މަގާމުތަކަށް ލިވަޕޫލްގައި ކުޅުންތެރިން ގިނަވެގެން އުޅޭ ކަމަށް ފެންނަ ކަމަށެވެ. “100 މިލިއަން ދީފައި ވާޓްޒް ގެނައީ. 100 މިލިއަން ދީފައި އިސާކް ގެނައީ. 79 މިލިއަން ދީފައި އެކިޓީކޭ ގެނައީ. ދެން ވެސް ގެނައީ އަގުބޮޑު ކުޅުންތެރިން. މީގެ ތެރެއިން ގިނަ ކުޅުންތެރިން އެތިބީ ބެންޗުގައި. ބޮޑު އަގުގައި ގެންނަ ކުޅުންތެރިން ދަނޑުމަތިން ފެންނަން ޖެހޭނެ. އެހެންނޫނީ އެއީ ބޭކާރު ކަމެއް. އަހަރެން ބުނާނީ ކޯޗު އެބަޖެހެއާ އެކިޓީކޭ އާއި އިސާކް އެކުގައި ކުޅޭނެ ގޮތެއް ހޯދަން،” މުޅި ކެރިއަރު ލިވަޕޫލްގައި ހޭދަކުރި ކުޅުންތެރިޔާ ބުންޏެވެ.
ކަރެގާގެ އިތުރުން އިނގިރޭސި ކުރީގެ ބައެއް ކުޅުންތެރިން ވެސް ވަނީ ލިވަޕޫލްގެ މައްސަލަތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ކޯޗު ސްލޮޓް ވެސް ވަނީ މިވަގުތަކީ ލިވަޕޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން އޭނާ އަށް ވަރަށް ޗެލެންޖިން ވަގުތެއްކަމަށް ބުނެފަ އެވެ. ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލ ވުމުން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
