
ވިދިވިދިގެން ހަތަރު މެޗުން ބަލިވީ ކުޅުންތެރިންގެ އިތުބާރު ގެއްލިގެން ކަމަށް ގަބޫލުނުކުރާ ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ. އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލީގުގެ ތިން މެޗަކާއި ޗެމްޕިއަންސް ލީގުގެ މެޗަކުން ބަލިވެ، ޕްރެޝަރަށް ވެއްޓުމުންނެވެ. ފުރަތަމަ ފަސް މެޗު ކާމިޔާބުކޮށް ލީގުގެ އެއްވަނާގައި އޮތް ލިވަޕޫލް އިއްޔެރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވުމުން ވަނީ ތާވަލުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. “ކުޅުންތެރިންގެ އިތުބާރު ގެއްލިއްޖެ ކަމަށް ގަބޫލެއް ނުކުރަން. މިއީ އަހަރުމެންގެ އިތުބާރުގެ މައްސަލައެއްނޫން. އަހަރެން ދެކޭ ގޮތުގައި ޔުނައިޓެޑް މެޗުގައި ވެސް އަހަރުމެންނަށް ފުރުސަތު ލިބުނު. އެ ފުރުސަތުތައް ބޭނުން ނުކުރެވުނީމަ މިހެން މިވީ،” ކޯޗު ބުންޏެވެ.
ނަމަވެސް އޭނާ ބުނީ 2014 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވިދިވިދގެން ހަތަރު މެޗުން ލިވަޕޫލް ބަލިވުމުން ޓީމު އަލުން ކޮޅަށް ޖަހަން އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިއީ އޭނާގެ ކޯޗިން ކެރިއަރުގައި ވެސް ކުރިމަތިވެފައިވާ ޕްރެޝަރެއް ކަމަށެވެ. “ރަނގަޅު ޓީމެއް ލިބުނީމާ ފުރަތަމަ ޕްރެޝަރު އޮންނާނީ ނަތިޖާ ނެރުމަށް. ހާއްސަކޮށް ޔާގެން ކްލޮޕް ކަހަލަ މޮޅު ކޯޗަކު ގެންގުޅެފައި އޮތް ޓީމެއް ކާމިޔާބު ހޯދުމުމުގައި ދަމަހައްޓަން ދަތިތަކެއް ހުންނާނެ. އެކަން ކުރެވުނީމަ ދެން އެންމެން ވެސް ވިސްނާނީ ދެން ހަދާނީ ކިހިނެތްހޭ. އަހަރެންގެ ކޯޗިން ކެރިއަރުގައި މިއީ މިވަގުތު އޮތް ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ގަބޫލު ކުރަން. މި ޓީމުގެ މި ހާލަތު ބަދަލު ކުރުމަކީ އަހަރެން ކުރަންޖެހޭ ކަމެއް،” ކޯޗު ބުންޏެވެ.
ލިވަޕޫލަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ފްރޭންކަ ފަޓާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ސްލޮޓް ބުނީ އެ މެޗަށް ލިވަޕޫލް ޓީމަށް ބަދަލު ގެންނާނެކަން ނޫންކަން އެނގޭނީ އެންމެ ފަހު ވަގުތު ކަމަށެވެ. އޭނާ މިފަދައިން ބުނީ ފުރަތަމަ 11ގައި ދަށްކޮށް ކުޅެމުން އަންނަ ބައެއް ކުޅުންތެރިން ބަދަލު ކުރަން ކުރިމަތިވެފައިވާ ފިއްތުންތަކާ ހެދި އެވެ. ގިނަ ބައެއްގެ ނަޒަރުގައި ފޯވަޑް މުހައްމަދު ސަލާހާއި އެލެކްޒެންޑާ އިސާކްގެ ފޯމު ވަނީ ވަރަށް ބޮޑަށް ކަޓާފަ އެވެ. މިހެންވެ މި ދެ ކުޅުންތެރި ފުރަތަމަ 11ގައި ބެންޗަށް ބަދަލު ކުރަން ޖެހެ އެވެ. ނަމަވެސް ކޯޗު ބުނީ ޓީމު ނަގާނީ ވަރަށް ގިނަ ކަންކަމަށް ބަލައިގެން ކަމަށާއި ދަނޑު މައްޗަށް ޖާޒީ ލައިގެން ނުކުންނަ ކޮންމެ ކުޅުންތެރިއަކު ވެސް ޓީމު މޮޅުކޮށްދޭން ހެސްކިޔާފައި މަސައްކަތް ކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
