
(ފޮޓޯ ކްރެޑީޓްސް: ޕީޢެސްއެމް ނިއުސް)
ވިކްޓްރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިއަދު ނިކުންނަ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވިއްޖެކަމަށާއި، ސީނިއާ ކުޅުންތެރިންގެ ސަބަބުން ޖޫނިއާ ކުޅުންތެރިންގެ ފެންވަރަށް ކުރިއެރުންތަކެއް އަތުވެއްޖެކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ. ގައުމީ ޓީމުގެ ދެ މެޗަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން މެޗުތައް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ބުނީ ނިއުރޭޑިއަންޓުގެ ތައްޔާރުވުންތަކާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ސީނިއާ ކުޅުންތެރިންގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތަކެއް ނިއުރޭޑިއަންޓްގެ އެހެން ކުޅުންތެރިންނަށްވެސް ލިބިއްޖެ ކަމަށެވެ. ސުޒެއިން ބުނީ ދިވެހި ކުޅުންތެރިންނަށް ބަލާއިރު ވަރަށް ރަނގަޅު ލެވެލްގެ ކުޅުންތެރިން ނިއުރޭޑިއަންޓުގައި އެބަތިބި ކަމަށާއި، ލީގުގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިންނަށް ކުރިއެރުންތައް އަތުވެއްޖެ ކަމަށާއި ރަނގަޅު ގިނަ ކަންތައްތަކެއް ފެންނަކަމަށެވެ. އަދި އެކަން ޕްރެކްޓިސް މެޗުތަކުން ފާހަގަކުރެވުނު ކަމަށްވެސް ސުޒެއިން ބުންޏެވެ.
އަދި ވިކްޓްރީއަކީ ކިތަންމެ ގިނަ އަމިއްލަ ހަނދާންތަކެއް ހުރި ކުލަބެއްވިޔަސް މިއަދުގެ މެޗުގައި ހުރިހާ ފޯކަހެއް ހުންނާނީ މެޗުން މޮޅުވުމަށް ކަމަށާއި، އިރާދުކުރެއްވިއްޔާ މެޗު ކާމިޔާބުކުރާނީ ނިއުރޭޑިއަންޓުން ކަމަށް ސުޒެއިން ބުންޏެވެ. “ވިކްޓްރީއަކީ އަޅުގަނޑުގެ ވަރަށް ގިނަ އިމޯޝަނަލް ކަންތައްތަކެއް ގުޅީފައިވާ ކުލަބެއް. އެއީ އެންމެ ކުޑަމިނުން ވިކްޓްރީ މިހާރު ލޯގޯ ޖަހާލައިގެން ނިކުންނައިރު އެ ލޯގޯއަކީވެސް ސީދާ އަޅުގަނޑު ގެނައި ބަދަލު. އެހެންވީމަ އެ ލޯގޯވެސް ފެނުނީމަ އެއީ އަޅުގަނޑުގެ މަސައްކަތެއްކަން ހަނދާންވާނެ. އެހެންވީމަ އެކަހަލަ ބައިވަރު ކަންތައްތަކެއް ގުޅިފައި އޮތް ކުލަބެއް ވިކްޓްރީއަކީ. އެކަމު އަޅުގަނޑު މިހިރީ ޕްރޮފެޝަނަލީ މަސައްކަތެއް ކުރަން ނިކުމެ ރާއްޖޭގެ އެންމެ ވަރުގަދަ އެންމެ ބޮޑު ކުލަބާ އެއްކޮށް” ސުޒެއިން ބުންޏެވެ.
ވިކްޓްރީންވެސް ބޭރު ކޯޗެއް ގެނެސް ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކާތައިމެދު ވަރަށް އުފާވާ ކަމަށާއި، ހުރިހާ ޓީމަކުންވެސް އެ ބަދަލުތައް ގެންނާތީ އުފާވާ ކަމަށް ސުޒެއިން ބުންޏެވެ. ފުޓްބޯޅައިގެ ފެންވަރު ދަނީ މައްޗަށް ކަމަށާއި، މެދުކެނޑުމަކަށްފަހު އައިސް ކުޅެން ފެށިފަހުންވެސް ކުރިއެރުންތައް ފެނިއްޖެ ކަމަށް ސުޒެއިން ފާހަގަކުރިއެވެ. އަދި ފުޓްބޯޅައިގެ ފޯރިއާއި ލީގުގެ ވާދަވެރިކަމާއި ރޫހު އަތުވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ. ސަޕޯޓަރުން ދަނޑަށް ނައިސް ތިބީ ފުޓްބޯޅަ ދެކެ ފޫހިވެގެން ނޫންކަމަށާއި، އަންނަންޖެހޭ ވަރުގެ ސަބަބެއް ނުދެއްކިގެން ކަމަށް ސުޒެއިން ބުންޏެވެ. އަދި މިހާރު ލީގު މެޗުތަކުން ކޮންމެވެސް ވަރަކަށް ފޯރި ފެންނަން ފަށައިފި ކަމަށާއި، ބޭރު ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން މިކްސްކޮށް ކުޅޭކަމަށްވާނަމަ ސަޕޯޓަރުން އަންނަތަން ފެންނަ ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ.
“އާންމުންގެ މަގްބޫލު އެއްޗަކަށް ހަދަން ޖެހޭނީ. އެންމެ ފަހުން ގައުމީ ޓީމުގެ މެޗުންވެސް ވަރަށް ރަނގަޅު އުންމީދީ ކަންތައްތަކެއް އެބަހުރި” ސުޒެއިން ބުންޏެވެ. ލީގު ފެށުނު ފަހުން ކުޅުންތެރިންގެ ހުނަރުތައްވެސް ރަނގަޅުވެ އިތުބާރު އަންނަމުންދާކަން ފާހަގަކުރަމުން ސުޒެއިން ބުނީ ފުޓްބޯޅައަށް ރަނގަޅު ކަންތައްތަކެއް ފެންނަން ފަށައިފިކަމަށެވެ. “ޓީމުތައް ކޮންޕެޓިޓިވް ލެވެލްގައި ވަރުގަދަވެގެން އައުން އެއީ ފުޓްބޯޅައަށް މިވަގުތު އޮތް އެންމެ ބޮޑު ރަނގަޅޭ އަޅުގަނޑު ދަންނަވާނީ” ސުޒެއިން ބުންޏެވެ.
މިއަދުގެ މެޗަށް ނިއުރޭޑިއަންޓް ނިކުންނައިރު އެކުލަބު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ވިކްޓްރީ އޮތީ ތާވަލުގެ 5 ވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
