
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ކުރިޔަށް އޮތީ އުނދަގޫ މެޗެއް ކަމަށާއި އެހެންނަމަވެސް ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ކޮލިޓީ އެބަހުރި ކަމަށާއި މިއަދުގެ މެޗުގައި ހައިރާން ކޮށްލާނެ ކަމަށް އެކުލަބުގެ ހެޑް ކޯޗު ސްލޮވާކިއާގެ ޖޯޖްލީ ގެރީ، ބުނެފިއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޯޖްލީ ބުނީ ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރިކަމަށެވެ. “ވަރަށް ޒިންމާދާރު ކަމާއެކީގައި ތައްޔާރުކުރަމުން މިދަނީ. ޓްރޭނިންތަކުގައި ހުރިހާ ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރި. ދެން އެންމެ މުހިންމީ ޓްރޭނިންގައި ދަސްކުރިކަންކަން މެޗަށް ޓްރާންސްފާ ކުރުން” ޖޯޖްލީ ބުންޏެވެ.
ޖޯޖްލީ ބުނީ ވިކްޓްރީގެ ވަކިވަކި ކުޅުންތެރިންގެ ވަރަށް ރަނގަޅު ޕާފޯމެންސެއް ބޭނުންވާ ކަމަށާއި ޓީމު ޕާފޯމެންސްވެސް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. ނިއު އާއިދެކޮޅަށް ނިކުންނައިރު ނިއުއަކީ މޮޅު ކުލަބެއް ކަމަށާއި މިވަގުތު ވިކްޓްރީން ގެންނަ ޓެކްނިކަލް ބަދަލުތައް ހާމަކުރަން ބޭނުން ނުވާކަމަށްވެސް ޖޯޖްލީ ބުންޏެވެ. އެންމެފަހުން ވިކްޓްރީން އޮޑި ސްޕޯޓްސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ފާހަގަވި ކަންކަމަށް އިޝާރާތް ކުރަމުން ޖޯޖްލީ ބުނީ ރަނގަޅުކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށެވެ. އަދި ޓްރޭނިންތަކުގައި އެކަންކަމަށް ފޯކަސްކޮށްގެން މިއަދުގެ މެޗަށް ނިކުންނައިރު ބަދަލުތައް ފެންނާނެ ކަމަށް ފާހަގަކުރިއެވެ.
ނިއުރޭޑިއަންޓަކީ ވަރަށް ވަރުގަދަ ޑިފެންސެއް އޮތް ވަރުގަދަ ޓީމެއް ކަމަށާއި މެޗު ކޮންރޯލް ކުރަން ބޭނުންވާ ޓީމެއްނަމަވެސް ވިކްޓްރީންވެސް ދޫ ނުދޭނެ ކަމަށާއި މިއަދުގެ މެޗުގައި ވިކްޓްރީން ނިއުރޭޑިއަންޓް ހައިރާންކޮށްލާނެ ކަމަށް ޖޯޖްލީ ބުންޏެވެ. ޖޯޖްލީ ބުނީ ވިކްޓްރީ ސްޕޯޓްސް ކުލަބު ދަސްކުރަން އޭނާއަށް އަދި ވަގުތު ބޭނުންވާ ކަމަށާއި، ކުލަބަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް ކުރިޔަށް އޮތްތަނުގައި ގެންނަން ބޭނުންވާ ބަދަލުތަކާމެދު އަދި ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
