
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން ސައްހަ ނޫން ލިޔެކިޔުންތައް ކޯޓަށް ހުށަހަޅައިގެން މަކަރާއި ޙީލަތުން ދައުލަތުން ފައިސާ ހޯދަން އުޅޭ މައްސަލައިގެ ތަހުގީގެއް ހިންގެވުމަށް އޮޑިޓަރ ޖެނެރަލް ލަފާދެއްވައިފިއެވެ. އޮޑިޓަރ ޖެނެރަލް މިގޮތަށް ލަފާދެއްވީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޙާއްސަ އޮޑިޓް ރިޕޯޓުގައެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން 2006 ވަނަ އަހަރު ރަޖިސްޓްރީކޮށްފައިވާ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަކީ 2006 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މުދަލާއި ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން 2020 ވަނަ އަހަރުން ފެށިގެން ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާ ކުންފުންޏެކެވެ. އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދު 400 މިލިއަން ރުފިޔާއަށް އަރައެވެ. އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޙާއްސަ އޮޑިޓްގައި ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަރވިސް(ޑީއެމްއެސް) އަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ ފައިސާއާ ގުޅޭ މައްސަލައެވެ. 2022 ވަނަ އަހަރު ސެންޓަރ ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާކޮށްފައިވަނީ މުދަލަށް ލިބެންޖެހޭ 1 މިލިޔަން ޑޮލަރާއި ޖޫރިމަނާއަށް 3.1 މިލިޔަން ޑޮލަރާއެކު ޖުމްލަ 5.1 މިލިޔަން ޑޮލަރު ނުވަތަ 79.4 މިލިޔަން ރުފިޔާ ހޯދުމަށެވެ.
މި ދައުވާއާ ގުޅިގެން ސިވިލް ކޯޓުން 2020 ވަނަ އަހަރު ހުކުމްކޮށްފައިވަނީ ސެންޓަރ ކުންފުނިން ފޯރުކޮށްދިންކަމަށް ބުނާ މުދަލުގެ އަގަށްވާ ދެ މިލިޔަން އެގާރަ ހާސް ފަސްސަތޭކަ ޑޮލަރު ނުވަތަ 31 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ދައުލަތުން ދޭންޖެހޭކަމަށެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ސިވިލް ކޯޓުގެ ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. މިމައްސަލައާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ޙާއްސަ އޮޑިޓްގައި ބުނެފައިވަނީ މައްސަލަ ސާބިތުކުރުމަށް ސެންޓަރ ކުންފުނިން ކޯޓަށް ހުށަހެޅި އެންމެ މުހިއްމު ލިޔެކިޔުންތަކަކީ ފޯޖްކޮށްގެން އުފައްދާފައިވާ ސަައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭކަމަށެވެ. އެގޮތުން ބައެއް ލިޔެކިޔުންތަކާއި ތަކެތި ލިބުނުކަމަށް ސަރުކާރުގެ އިދާރާގެ ފަރާތުން ސޮއިކޮށްފައިވާ ބުނާ މުވައްޒަފަކީ އެ އިދާރާގައި އެއްވެސް އިރަކު މަސައްކަތްކޮށްފައި ނުވާ މުވައްޒަފަކަށްވާއިރު، އެ މުވައްޒަފުގެ މަގާމު އެކި ލިޔުންތަކުގައި އެކި ގޮތަށް އޮތްކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ކޯޓަށް ހުށަހެޅި އެއްބަސްވުމުގައި ރަށްރަށުގެ ޞިއްޙީ ހިދުމަތްދޭ މަރުކަޒުތަކަށް މުދާ ފޯރުކޮށްދިނުމަށް އެއްބަސްވުމުގައި އޮތްއިރު، އެއްވެސް ތަނަކަށް މުދާ ފޯރުކޮށްދިންކަމަށް ބުނާ ޑެލިވަރީ ނޯޓު ހުށަހަޅާފައި ނުވުން ހިމެނެއެވެ. އަދި ކޯޓަށް ހުށަހެޅި ސްޓޭޓް ބެންކް އޮފް އިންޑިޔާގެ އެއްލައްކަ ފަންސާސްހާސް ޑޮލަރުގެ ބެންކު ގެރެންޓީއަކީ ސައްހަ ނޫން ލިޔުމެއްކަމަށް އެ ބެންކުން ބުނާއިރު އޭޑީކޭ އެންޓަޕްރައިޒަސްގެ ނަމުގައިވެސް ސައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. މިީީގެއިތުރުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި އޮތް އިއުލާން ނަމްބަރާއި ޕްރޮޖެކްޓް ކޯޑު އޭގެ އަސްލު ނަންބަރާއި ދިމާނުވުމާއި، ޓެންޑަރ ބޯޑުގެ ސިޓިީއެއްކަމަށް ބުނެ ހުށަހެޅި ލިޔުންތަކުގައި ޓެންޑަރ ބޯޑުގެ ނަން ނުބައިކޮށް އޮތުމުގެ މައްސަލަވެސް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާގޮތުން ސެންޓަރ ކުންފުނިން ކޯޓަށް ހުށަހެޅި އެކުންފުނީގެ އަމިއްލަ މާލީ ބަޔާންތަކުގައިވެސް މައްސަލާގައި ހިމެނޭ ފައިސާއަކީ އެކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަން ބަޔާންކޮށްފައި ނެތްކަމަށެވެ. އަދި މިކުންފުންޏަކީ ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކަށް މުދާ ފޯރުކޮށްދިނުމަށްފަހު ފައިސާ ލިބުމުންވެސް، ފައިސާ ނުލިބޭކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހެޅުމުގެ މާޒީއެއް އޮތް ކުންފުންޏެއްކަމަށްވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އެފަދަ 6 މައްސަލައެއް ފާހަގަވެފައިވާއިރު، މައްސަލަތަކުގައި ހިމެނޭ ފައިސާގެ 400 މިލިޔަން ރުފިޔާއަށް ވުރެ ބޮޑެވެ. މީގެއިތުރުން ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރި މުވައްޒަފަކާއި ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްގައި މަސައްކަތްކުރި 2 މުވައްޒަފަކު މި މައްސަލަތައް ހިނގި ދުވަސްވަރު ސެންޓަރ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބިކަންވެސް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލާގައި އޮޑިޓަރ ޖެނެރަލް ލަފާދެއްވާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއް ކޯޓަށް ހުށަހަޅައިގެން، ފޯރުކޮށް ނުދޭ މުދާތަކަކަށް ފައިސާ ހޯދަން ބަޔަކު މަސައްކަތް ކުރަމުންދާތީ އެ މައްސަލަ ފުލުހުންގެ އިދާރާ މެދުވެރިކޮށް ތަހުގީގު ކުރެއްވުމަށެވެ. އަދި މިކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުއްވުމަށްވެސް އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހާއްސަ އޮޑިޓްގައި ވަނީ ލަފާދެއްވާފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
