
(ފޮޓޯ ކްރެޑިޓްސް: ޙަރިޖީ ވަޒީރު)
ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ދާއިރާއިން މިޞްރާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރަން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިޞްރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅާ ގުޅިގެން މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު މިޞްރަށް ކުރެއްވި ދަތުރުފުޅު މިހާރު ވަނީ ނިންމަވާލައްވާފައެވެ. ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް ދަތުރުފުޅެއް ފެށްޓެވީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ އެ ޤައުމުގެ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީއާއެކު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމެންޓާއި ފަތުރުވެރިކަމުގެ އިތުރުން ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. މި ދަތުރުފުޅުގެ ތެރެއިން މިޞްރުގައި ހުންނަ މަތީ ތަޢުލީމުދޭ އެންމެ ދުވަސްވީ އެއް މަރުކަޒުކަމަށްވާ އަލް އަޒްހަރު އަލް ޝަރީފްގެ އިމާމު ޑރ. އަޙްމަދު އަލް ޠައްޔިބާ ވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ތަޢުލީމާއި ސަގާފަތުގެ ދާއިރާއިން ރާއްޖެއާއި މިޞްރާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލިކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިޞްރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލިއިރު، އެ ޤައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ.
Concluded my official visit to Egypt, a land of rich culture and historic significance.
Pleased to have engaged in constructive discussions with Foreign Minister Dr. Badr Abdelatty on strengthening our brotherly ties and advancing cooperation in key areas, including trade,…
— Abdulla Khaleel (@abkhaleel) October 20, 2025
މި ދަތުރުފުޅުގައި ތެރެއިން ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ. މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މި ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީ ވެގެންގޮސްފައިވާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. ވަޒީރުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. ވަޒީރާއެކު ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދާއި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
