
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ލާއިންސާނީ ޢުދުވާނީ ޙަމަލާތައް ނިމުމަކަށް ގެނައުމަށް މި މަހުގެ 9ވަނަ ދުވަހު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ 97 މީހުން ޝަހީދުކޮށްލުމަށްފަހު، އަލުން ޞުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރުމަށް ރުޖޫޢަވެފައިވާ ކަމަށް ޔަހޫދީން ބުނެފިއެވެ. އެއްބަސްވުން ޤާއިމްކުރި ފަހުން މިހާ ތަނަށް ޔަހޫދީން 80 ފަހަރު މަތިން އެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ބުނެއެވެ. އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހުން ފެށިގެން ދީފައިވާ ޙަމަލާތަކުގައި 97 މީހުން ޝަހީދުވެފައިވާއިރު 230 މީހުންނަށް ޒަޚަމްވެފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް 20 ވަރަކަށް ވައިގެ ޙަމަލާ ދީފައެވެ. އެ ޙަމަލާތަކުގައި އެކަނި ވެސް 42 މީހުން ޝަހީދުވެފައިވެއެވެ. މެދުތެރޭ ޣައްޒާގައި އޮންނަ އައް-ޒަވައިދާ އަވަށަށް ދިން ޙަމަލާތަކެއްގައި ފަސް މީހުން ޝަހީދުވެފައިވާއިރު، ނުޞައިރާތު ރެފިޔުޖީ ކޭމްޕުން ވެސް ތިން މީހުން ޝަހީދުވެފައިވެއެވެ. އޭގެ އިތުރުން އުތުރު ޣައްޒާގައި ވެސް ދެ މީހުން ޝަހީދުވެފައިވެއެވެ. އިތުރު 32 މީހުން ޝަހީދުވެފައި ވަނީ ދެކުނު ޣައްޒާގައެވެ. ޙަމަލާތައް ދިނުމަށްފަހު ޔަހޫދީން ވަނީ އަލުން ޞުަލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަމުންދާ ކަމަށް ބުނެފައެވެ.
ޞުލްޙައިގެ އެއްބަސްވުން ޤާއިމްކޮށްފައި ވަނިކޮށް ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ޣައްޒާއަށް އަނެއްކާ ވެސް ރައްދުވުމުން ޣައްޒާގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހަނގުރާމަ އަލުން ފެށުނީތޯ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. ޞުލްޙައިގެ އެއްބަސްވުމާއެކު ގެދޮރަށް އެނބުރި ދިޔަ ބައެއް މީހުން ވަނީ ޙަމަލާތަކުގެ ސަބަބުން އަނެއްކާ ވެސް ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ދާން ފަށައިފައެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ އަސީރުން މިނިވަންވުމުން ޔަހޫދީން ޞުލްޙައިގެ އެއްބަސްވުމަށް އިޚްތިރާމް ނުކުރާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ޞުލްޙައިގެ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން އިތުރަށް މަޝްވަރާތައް ކުރުމަށް ޙަމާސްގެ ވަފުދަކުން މިހާރު ވަނީ މިޞްރަށް ދަތުރުކޮށްފައެވެ.
ޞުލްޙައިގެ އެއްބަސްވުމުގައި ޝަރުތުކޮށްފައިވާ ގޮތަށް ޙަމާސުން ދަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވެފައިވާ ޔަހޫދީ އަސީރުންގެ ހަށިތައް ޔަހޫދީންނާ ޙަވާކުކުރަމުންނެވެ. ޖުމްލަ 28 ހަށިގަނޑު ރައްދުކުރަން ޖެހޭއިރު މިހާތަނަށް ޙަވާލުކުރެވިފައި ވަނީ 12 ހަށިގަނޑެވެ. ބައެެއް ހަށިތައް ވަޅުލާފައި ވަނީ ބިންގަރާސްތަކުގައި ކަމަށް ވެފައި، ޔަހޫދީންގެ ޙަމަލާތަކުގައި ބައެއް ބިންގަރާސްތައް ސުންނާފަތިވެފައިވާތީ އާއި ވެއްޓިފައިވާ ބައެެއް އިމާރަތްތަކުގެ ދަށުަގައި ބައެއްް ބިންގަރާސްތައް ހުރުމުން އަސީރުންގެ ހަށިތައް ހޯދައި ނެގުމަށް ދަތިވެފައިިވާ ކަމަށް ޙަމާސުން ވަނީ ބުނެފައެވެ. އެ މަސައްކަތް ކުރުމަށް ކޮންނަ މެޝިނުތައް ފަދަ ތަފާތު މެޝިންތައް ބޭނުންވާ ކަމަށް ވެސް އެ ޖަމާޢަތުން ބުނެފައިވެއެވެ. ޔަހޫދީން އައު ޙަމަލާތައް ދޭނަމަ އަސީރުންގެ ހަށިތައް ހޯދުމުގެ މަސައްކަތަށް އިތުރަށް ބުރޫ އަރާނެ ކަމަށް ވެސް ޙަމާސުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
