
(ފޮޓޯ ކްރެޑިޓްސް: ކުރުނބާ)
ޔުނިވާސަލް ރިސޯޓްސްގެ މައި ކުންފުނި ޔުނިވާސަލް އެންޓަޕްރައިސަސް އިން އެ ކުންފުނީގެ ހޮޓެލް މެނޭޖްމަންޓް ގޮފީގެ ނަން، ވާސާ ހޮސްޕިޓާލިޓީގެ ނަމަށް ރީބްރޭންޑުކުރަން ނިންމައި، ހޮސްޕިޓާލިޓީ ލައިފްސްޓައިލް ބްރޭންޑް “ނިވާ ހޮޓެލްސް އެންޑް ރިސޯޓްސް” ލޯންޗުކޮށްފި އެވެ. ޔުނިވާސަލް އިން ބުނި ގޮތުގައި މި ބަދަލުގެ މަގުސަދަކީ ހަމައެކަނި ޓުއައޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ރިސޯޓްތައް ހިންގާ “ބީ2ބީ ފޯކަސްޑް” ކުންފުންޏެއްގެ ބަދަލުގައި ދުނިޔެ ބަލައިގަންނަ، “ކޮންޒިއުމާ ސެންޓްރިކް” ބްރޭންޑަކަށް ޔުނިވާސަލް ރިސޯޓްސް ބަދަލުކޮށްލުމެވެ.
ޔުނިވާސަލް ރިސޯޓްސް ރިބްރޭންޑްކުރުމާ ބެހޭ ގޮތުން ޔުނިވާސަލް އެންޓަޕްރައިޒަސްއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރުމަނިކު ވަނީ އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމްގައި ހޭދަކުރި 50 އަހަރު ފާހަގަކުރައްވައިފަ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި 1972 ވަނަ އަހަރު ހުޅުވި، ފުރަތަމަ ރިސޯޓް “ކުރުނބާ މޯލްޑިވްސް” އިން ފެށިގެން އެ ދާއިރާއަށް ބޮޑެތި ކުރިއެރުންތައް ހޯދައި، އެ ކުންފުނިން ވަނީ މުޅި ދުނިޔެއަށް މަޝްހޫރު، ރިސޯޓްތައް ކަމަށްވާ ބަރޮސް، ކުރަމަތި، ހުވަފެންފުށި، ވެލައްސަރު، މިލައިދޫ އަދި ލަބްރީޒް ފަދަ ރިސޯޓްތައް ތައާރަފްކޮށްފަ އެވެ.
އަހްމަދު ވިދާޅުވެފައިވާ ގޮތުގައި ޔުނިވާސަލް ރިސޯޓްސްގެ ނަން ވާސާއަށް ބަދަލުކުރުމަކީ ސްޓްރެޓެޖިކް ގޮތުން މުހިއްމު ބަދަލެކެވެ. ބްރޭންޑެއްގެ ގޮތުގައި އެ ކުންފުނި ބަލައިގަތުން އިތުރުކުރުމާ އެކު އެ ކުންފުނީގެ ރިސޯޓްތަކުގެ ފުރިހަމަ ފައިދާ ނެރުމަށް ވެސް އެއީ މުހިއްމު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ. “ވާސާ އަކީ ހަމައެކަނި އާ ނަމެއް ނޫން. މިއީ ރިސޯޓްތަކުގެ ފުލް ޕޮޓެންޝަލް ނެރުމަށް ސްޓްރެޓިޖްކް ގޮތުން ކުންފުނީގެ މަގާމު ބަދަލުކޮށްލުން. އަދި ކުރިމަގުގައި އަޅުގަނޑުމެން ގެންނަން ބޭނުންވާ ކުރިއެރުމަށް ކުންފުނީގެ އަމާޒުހިފުން،” ކޯޕަރޭޓް މޯލްޑިވްސް އަށް ދެއްވި އިންޓަވިއުގައި އަހްމަދު ވިދާޅުވެފައިވެ އެވެ.
ޔުނިވާސަލް ރިސޯޓްސްގެ ނަން ބަދަލުކުރިއިރު ޔުނިވާސަލް އެންޓަޕްރައިޒަސް އުފެއްދި އާއިލާގެ ދެވަނަ ޖީލުގެ ބޭފުޅެއް ކަމަށްވާ ވިޝާ މާހިރު، ޔުނިވާސަލް ރިސޯޓްސްގެ [ވާސާ ހޮސްޕިޓަލިޓީގެ] ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް މި ފަހުން ވަނީ އައްޔަންކޮށްފަ އެވެ. ވިޝާ ވަނީ މިދިޔަ 20 އަހަރު ދުވަހު ޔުނިވާސަލް އެންޓަޕްރައިޒަސްގެ އިސް މަގާމުތަކެއް އަދާކުރައްވައިފި އެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
