
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަރަންސޭސިވިލާތުގެ ޕެރިހުގައި ހުންނަ އެ ޤައުމުގެ އެންމެ މަޝްހޫރު ދާރުލްއާސާރު ކަމަށްވާ ލޫވްޚައިން އަގުބޮޑު ޖަވާހިރުތަކެއް ވަގަށް ނަގައިފިއެވެ. ފަރަންސޭސިވިލާތުގެ ސަރުކާރުން ބުނީ ދާރުލްއާސާރަށް ބަޔަކު ވަދެ ޖަވާހިރުތައް ވަގަށް ނަގާފައި ވަނީ އެންމެ ހަތަރު މިނެޓުގެ ތެރޭގައި ކަމަށެވެ. ވަގުން ދާރުލްއާސާރަށް ވަދެފައި ވަނީ އެ ޤައުމުގެ ގަޑިން ހެނދުނު 9.30ކަންހާއިރެވެ. އޭރު ވެސް ދާރުލްއާސާރު ހުރީ އާންމުންނަށް ހުޅުވާލައިފައެވެ. ތިނެއް ނުވަތަ ހަތަރު ވަގުން އިމާރާތަށް ވަދެފައި ވަނީ އިމާރާތުގެ ބޭރުގައި އޮތް ޓްރަކެއްގައި އަޅާފައިވާ ކެރޭނެއް ބޭނުންކޮށްގެން މަތީ ފަންގިފިލާއެއްގެ ކުޑަދޮރާ ހަމައަށް ގޮސް، އެ ކުޑަދޮރު ތަޅާލައި އެތެރެއަށް ވަނުމަށް ފަހުގައެވެ. ވަގުން ވަނީ ޖަވާހިރުތައް ލާފައި ބިއްލޫރި ފޮށިތައް ތަޅާލައި، އެ ތަކެތި ނަގައި، ސައިކަލުތަކެއްގައި އެ ސަރަޙައްދު ދޫކޮށް ގޮސްފައެވެ.
ވަގުން އަމާޒުކޮށްފައި ވަނީ ފަރަންސޭސިވިލާތުގެ ކުރީގެ ރަސްރަސްކަލުންނާއި ރަނިން ގެންގުޅުއްވި ޖަވާހިރާއި ގަހަނާއަށެވެ. ފަރަންސޭސިވިލާތުގެ ސަރުކާރުން ބުނީ ވަގަށް ނެގި ތަކެތީގެ ތެރޭގައި ހިމެނޭ އެއް ގަހަނާ ދާރުލްއާސާރު ކައިރިން ފެނިފައިވާ ކަމަށެވެ. ފަރަންސޭސިވިލާތުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިޘާ ތަހުޤީޤު ކުރަމުންދާ ކަމަށެވެ. ވަގަށް ނެގި ތަކެތީގެ ތަފްޞީލީ ލިސްޓެއް ތައްޔާރު ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ތަކެއްޗަކީ ފައިސާގެ ގޮތުން އަގުހުރި ތަކެއްޗަށް ވުމުގެ އިތުރުން އަގުނުކުރެވޭ ފަދަ ތަރިކަތަކެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ލޫވްޙައަކީ އަހަރެއްގެ މައްޗަށް އެންމެ ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތްކުރާ ދާރުލްއާސާރެވެ. އެ ދާރުލްއާސާރަށް އަހަރަކު 8.7 މިލިޔަން މީހުން ޒިޔާރަތް ކުރެއެވެ. މަޝްހޫރު ކުރެހުމެއް ކަމަށްވާ މޮނަ ލީސާ ވެސް ހުންނަނީ އެ ދާރުލްއާސާރުގައެވެ. ވައްކަމުގެ ހާދިޘާއަށް ފަހު ދާރުލްއާސާރު ވަނީ އެ ދުވަހަށް ބަންދުކޮށްފައެވެ. ލޫވްޚަ ދާރުލްއާސާރަކީ ވަގުންގެ ކަޅި ވަރަށް ގިނައިން އަމާޒުވާ ދާރުލްއާސާރެކެވެ. 1911ވަަނަ އަހަރުގެ ތެރޭގައި އެ ދާރުލްއާސާރުން މޮނަ ލީސާ ވެސް ވަގަށް ނަގާފައިވެއެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އެ ކުރެހުން ވަނީ އިޓަލީވިލާތުގެ ފްލޮރެންސުން ފެނިފައެވެ. 1983ވަނަ އަހަރު ވެސް އެ ދާރުލްއާސާރުން ތާރީޚީ ގޮތުން މުހިންމު ދެ އެއްޗެއް ވަގަށް ނަގާފައިވެއެވެ. އެ ތަކެތި ހޯދުނީ އޭގެ 40 އަހަރު ފަހުންނެވެ.
ފާއިތުވި ދުވަސްތަކުގައި ފަރަންސޭސިވިލާތުގެ އެކި ދާރުލްއާސާރުތަކުގައި ވައްކަމުގެ ހާދިޘާތައް ހިނގާފައިވެއެވެ. އެ ގޮތުން މިދިޔަ މަހުގެ ތެރޭގައި ވެސް ޕެރިސްގެ ނެޗުރަލް ހިސްޓްރީ މިއުޒިއަމުން 600،000 ޔޫރޯގެ ރަން ވަގަށް ނަގާފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އެހެން ދާރުލްއާސާރަކުން ރޯމާދުވާލު ވައްކަންކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
