
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ޔަހޫދީންގެ ނިރުބަވެރި ފައުޖުން މިއަދު ޙަމަލާތައް ދެމުންދާކަމަށް މީޑިއާތަކާއި މަންޒަރުދުށް މީހުން ބުނަމުންދާއިރު، އެމެރިކާ މެދުވެރިވެގެން ޣައްޒާގައި ޢަމަލުކުރަމުންދާ ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމަށް އިޙްތިރާމްކޮށް، ޣައްޒާގައި ދެމެހެއްޓެނެވި ގޮތެެއްގައި ސުލްޙަ ޤާއިމުކޮށްފައި ބޭއްވޭނެކަމުގެ އުއްމީދު ފަނޑުވެއްޖެއެވެ. ޙަމަލާ ދިނުން ހުއްޓައިލުމަށް މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު އެއްބަސްވުމެއް ޤާއިމް ކުރި ނަމަވެސް މިއަދާ ހަމައަށް ވެސް ޔަހޫދީން ދަނީ އެކި ގޮތްގޮތުން އެއްބަސްވުމާ ޚިލާފުވަމުންނެވެ. މަންޒަރުދުށް މީހުންނާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުނީ، ޣައްޒާގައި ދެކުނުގައި އޮންނަ ރަފަޙް އާއި ޚާން ޔޫނުސް ސަރަޙައްދުގައި ބަރުހަތިޔާރު ބޭނުންކޮށްގެން، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ދެމުންދާ ކަމަށެވެ. އަދި މިއަދުގެ މެންދުރުގެ ވަގުތެއްގައި ރަފަޙްއަށް ވައިގެ ޙަމަލާތައް ދީފައިވާކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އޮފިޝަލަކު ވިދާޅުވީ، އެ ޖަމާޢަތުން ސުލްޙައިގެ އެއްބަސްވުމަށް އިޙްތިރާމް ކުރަމުންދާއިރު، ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ތަކުރާރުކޮށް ޢަމަލުތައް ހިންގަމުންނެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ، އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، އެއްބަސްވުމާ ޚިލާފު 47 ޢަމަލެއް ޔަހޫދީން ހިންގައި، އިތުރު 38 މީހުން ޝަހީދު ކޮށްލައި، ޖުމްލަ 143 މީހުން ވަނީ ޒަޚަމްކޮށްލައިފައެވެ. އަދި މިއީ ރާވައިގެން ޔަހޫދީންގެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކެއް ކަމަށާއި، މި ޢަމަލުތަކުގެ ތެރެއިން އާންމުންގެ ތެރެއަށް ބަޑިޖެހުމާއި، މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް ވައިގެ ޙަމަލާތައް ދިނުމާއި އަދި އާންމުން ހައްޔަރުކުރަމުންދާ ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނުގައި ބުންޏެވެ.
ދެ އަހަރު ދުވަހަށް ފަހު، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ ޙަމާސާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެއްބަސްވުމާ އެއް ގޮތަށް ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެއްބަސްވުމުގެ ދަށުން ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ހުޅުވައިލަން ޖެހޭނެއެވެ. ނަމަވެސް، ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަން ކުރުމަށް އިންކާރު ކޮށްފައެވެ. ރަފަޙް ހުރަސް ހުޅުވައިނުލާނެ ކަމުގައި ނަތަންޔާހޫ ބުނެފައި މި ވަނީ، އޮކްޓޫބަރު 20ވަނަ ދުވަހު އެ މަގު ހުޅުވައިލާނެ ކަމުގައި މިޞްރުގައި ހުރި ފަލަސްޠީނުގެ އެމްބަސީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޙަމާސުން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި އެމެރިކާއިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި ގޮތުން، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމާސުން ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތު ކުރިއެވެ. ނަމަވެސް، ޙަމާސުން ވަނީ އެމެރިކާގެ އެ ތުހުމަތުތައް ދޮގުކޮށް، ސުލްޙައިގެ އެއްބަސްވުމަށް އެ ޖަމާޢަތުން އިޙްތިރާމް ކުރަމުންދާކަމަށް ބުނެފައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
