
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ޔޫވީ އަތުން މާޒިޔާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މާޒިޔާ އެއްވަނައަށް ޖެހިލީ އެ މަގާމަށް ވާދަކުރަމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، އޮޑި ސްޕޯޓްސް ކުލަބަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. މި މެޗުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ލީގުގައި ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައެވެ. ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސްއަށް ތިން މެޗުން ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން މާޒިޔާއިން ވަރުގަދަ އެޓޭކުތައް ކުރަމުންދިޔައިރު، ޔޫވީވެސް ދިޔައީ ނުރައްކާ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗު ފަށައިގެން މާޒިޔާއިން ފުލުފުލުގައި އުފެއްދި ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ ހަތްވަނަ މިނެޓުގައި ހަސަން ނަޒީމް ޔޫވީގެ ޕެނެލްޓީ އޭރިއާ ތެރެއިން ދިން ބޯޅައަކުން މާޒިޔާގެ ސްޕެއިން ފޯވާޑް ސާޖިއޯ މެންޑީ ބޮލުން ޖަހާ ލަނޑެއް ކާމިޔާބުކުރުމެވެ. މެންޑީގެ މި ލަނޑާއެކު އަނެއްކާވެސް އިތުރު ލަނޑެއް ޖެހޭތޯ މާޒިޔާއިން ދިޔައީ އޭޓޭކުގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން ހަމްޒާ މުޙައްމަދު ނަގައިދިން ބޯޅައެއް އޭރިއާ ތެރޭގައި ހުރެފައި މެންޑީ ފޮނުވާލުމުން، އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ފުރަތަމަ ހާފުގައި ޔޫވީން އެންމެ ރަނގަޅު ފުރުސަތެއް ހޯދީ މިސްރުގެ ފޯވާޑް މުސްތަފާ އަލް މަހްމޫދެވެ. ޒައިޝާން އަޝްރަފް ފޮނުވާލި ހަމަލާ، އޭރިއާ ތެރޭގައި ހުރެފައި މަހްމޫދު ފޮނުވާލުމުން ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮށްފައެވެ. މާޒިޔާއިން ދެވަނަ ލަނޑު ކާމިޔާބުކުރީ މެންޑީ އޭރިއާ ތެރެއަށް ވަދެ، އަރިމަތިން ހަމްޒާއަށް ޖައްސާލުމުން، އޭނާ ގޯލުގެ ދުރުކަނަށް އަމާޒުކޮށްގެންނެވެ. މި ލަނޑު ހަމްޒާ ކާމިޔާބުކުރީ މެޗު 35 ވަނަ މިނެޓުގައެވެ. އެ ލަނޑަށްފަހު ކައުންޓަރ އެޓޭކުގައި ޔޫވީން ދިޔައީ މާޒިޔާގެ އޭރިއާ ތެރެއަށް ނުރައްކާކުރަމުންނެވެ. މި މެޗުގައި ޔުވީގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި އޭރިއާ ބޭރުން މުސްތަފާ އަލް މަހްމޫދެވެ.
މި މެޗުގެ ދެވަނަ ހާފުގެ ބޮޑުބައެއްގައި އެދެވޭ ހަމަލާތަކެއް ދެ ޓީމަށްވެސް އުފެއްދިފައި ނުވާއިރު، މާޒިޔާއިން ދިޔައީ ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާޒިޔާގެ ތިންވަނަ ލަނޑު މެޗު 87 ވަނަ މިނެޓުގައި ސާޖިއޯ މެންޑީ ޖެހީ ބޮލުން ގޯލަށް ވައްދާލައިގެންނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި މާޒިޔާ ހަތަރުވަނަ ލަނޑު ލުއިސް އަލްމައިޑާ ބޮލުން ގޯލަށް ވައްދާލީ ނެގި ކޯނަރަކުންނެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
