
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އަތުން ބުރު ސްޕޯޓްސް ކްލަބް އުނދަގޫ މޮޅެއް ހޯދައިފިއެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ދެ މެޗަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު ކުޅުނު ފުރަތަމަ މެޗު ބުރު ސްޕޯޓްސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗަށް ނުކުތްއިރު ބުރު ސްޕޯޓްސް އޮތީ ގްރީން ސްޓްރީޓްސްއަށް ވުރެ އެއް ޕޮއިންޓް ކުރީގަ ހަތަރު ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން އަށްވަނަ ސިކުންތުގައި ބުރު ސްޕޯޓްސްގެ މުޙައްމަދު ނާއިމް ފޮނުވާލި ހަމަލާއެއް ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އަޙްމަދު ރަމީޒް ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި ގްރީން ސްޓްރީޓްސްއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑު ފޮނުވާލުމެވެ. މި ރަތް ކާޑާއެކު ރިލްވާން ދަނޑުން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް، ކުޅުންތެރިޔާ ވަނީ އެކަމަށް ދެކޮޅު ހަދައި ރެފުރީއާ ވާހަދައްކަން މަސައްކަތްކޮށްފައެވެ. ރިލްވާން ދަނޑުން ފައިބަން ދެކޮޅު ހެދުމުން ދެން މެޗުގެ ކުޅުން ފެށީ 10 މިނެޓު ފަހުން އޭނާ ދަނޑުން ފޭބުމުންނެވެ. އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ގްރީން ސްޓްރީޓްސްއިން ފަހަތަށް ފައިބައިގެން، ބުރު ސްޕޯޓްސްއިން ކުރަމުންދިޔަ އެޓޭކުތައް ހުއްޓުވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. މި މެޗުގައި ބުރު ސްޕޯޓްސްއިން ޖެހި ފުރަތަމަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ތެރޭގައި އޭރިއާ ތެރެއިން ގާސިމް ތޯއިފް ދިން ބޯޅައެއް، ނާއިމް އަރިމަތީގައި ހުރެ ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރީ ބުރު ސްޕޯޓްސްއިންނެވެ. އެގޮތުން 49 ވަނަ މިނެޓުގައި ނާއިމް ފޮނުވާލި ހިލޭޖެހުމެއް ކީޕަރު ރަމީޒް ވަނީ ދިފާއުކޮށްފައެވެ. ގްރީން ސްޓްރީޓްސްއަށް އިތުރަށް މައްސަލަ ގޯސްވެގެންދިޔައީ ކީޕަރު ރަމީޒަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމުންނެވެ. އެއާއެކު މި މެޗުގެ ބުރު ސްޕޯޓްސްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދެވެ. މެޗުގެ 73 ވަނަ މިނެޓުގައި ޖުނައިދު އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ގޯލަށް ވައްދާލީ ހުސްކޮށް ހުރެފައެވެ. އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ ބިދޭސީ ފޯވާޑް އޮބައިދާ ކާދިމް އަޙްމަދު ފޮނުވާލި ބާރު ބޯޅަ ކީޕަރު މުޙައްމަދު ފައިސަލް ވަނީ ދިފާއުކޮށްފައެވެ. މި މެޗުގައި ގްރީން ސްޓްރީޓްސްއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އޭރިއާ ތެރެއިން ބޮލުން ޖައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން އޮބައިދާއެވެ.
މި މޮޅާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ބުރު ސްޕޯޓްސްއަށް 7 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ހަތަރުވަނައިގައެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
