
ލިވަޕޫލްގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑުގައި އެ ކުލަބު 2-1 ގެ ނަތީޖާއަކުން ބަލިކޮށް، މެންޗެސްޓާ ޔުނައިޓެޑުން އުއްމީދު އައުކޮށްފިއެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ މެޗުގެ ދެވަނަ މިނެޓުގައި ޔުނައިޓެޑުގެ ބްރަޔަން އެމްބުއެމޯއެވެ. އެއަށްފަހު ލިވަޕޫލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނެޓުގައި ކޯޑީ ގަކްޕޯއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާއެވެ. މިއީ 400 ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ މި ސީޒަނުގައި ވިދިވިދިގެން ލިވަޕޫލް ބަލިވި ހަތަރުވަނަ މެޗެވެ. މީގެ ކުރިން ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 2014 ވަނަ އަހަރެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ހަތަރުވަނައަށް ވެއްޓިފައެވެ. ލިވަޕޫލްއަށް ވުރެ ކުރީގައި މިވަގުތު އޮތީ 15 ޕޮއިންޓާއެކު ބޯންމަތާއި، 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އަދި 19 ޕޮއިންޓާއެކު އެއްވަނައިގައި އޮތް އާސެނަލްއެވެ.
ޔުނައިޓެޑުގެ ޑިފެންޑަރު ހެރީ މެގުއާ:
މެޗަށް ފަހު ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ބުނީ މިއީ އުފާވެރި ވަގުތެއް ކަމަށެވެ. “މިދިޔަ އަހަރުތަކުގައި އަހަރުމެންނަށް ވުރެ އެ މީހުން އުޅުނީ ކުރީގައި. މިއީ އަހަރުމެންގެ ކުލަބަށްވެސް ސަޕޯޓަރުންނަށް އެހާ ކަމުދާ ގޮތެއް ނޫން. އަދި މިދިޔަ ދުވަސްތަކުގައި މި ގޮތަށް އަހަރުމެން ސަޕޯޓަރުން އުފާކުރާނެ ދުވަސްތަކެއް އަހަރުމެންނަށް ހޯދައިދެވިފައިވަނީ ވަރަށް މަދު ފަހަރަކު. އެހެންވީމާ މިއީ ވަރަށް ރަނގަޅު މޮޅެއް،” މެގުއާ ބުންޏެވެ.
ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް:
ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނީ މިއީ ދަތި ވަގުތެއް ކަމަށާއި، މިފަދަ ވަގުތުތަކުގައި އެންމެ މުހިންމީ ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. “އަހަރުމެން އަތަށް ބޯޅަ ދީފައި އެ މީހުން ތިބީ ވަރަށް ރަނގަޅަށް ރޭވިގެން. އަހަރުމެން ގިނަ ފުރުސަތު ހޯދިން. އެހަރުމެންނަށް މެޗުގެ ތެރެއަށް ވެދެވުނީ މާފަހުން. އަހަރުމެން ރަނގަޅަށް ކުޅުނަސް އެ މީހުން ޑިފެންސް ކުރީ. މީގެ ނަތީޖާއެއްގެ ގޮތުން އަހަރުމެން ބަލި މިވީ. ފުޓްބޯޅައިގައި ފެންނާނީ ކުޅުމެއް ނޫން. ނަތީޖާ. އެހެންވީމާ މި އުނދަގޫ ވަގުތުގައި ހާއްސަކޮށް ބަލިވީމާ އެންމެން އެކުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭނީ،” ވެން ޑައިކް ބުންޏެވެ.
ލިވަޕޫލްގެ ފޯމު ދަށްވުމާ ބެހޭ ގޮތުން ކޯޗު އާނޭ ސްލޮޓްވެސް ބުނީ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
