
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތާ އެކު ހަދާފައިވާ އެއްބަސްވުމާ ޚިލާފުވެ، ޣައްޒާގެ ރަފަޙް ހުރަސް ހުޅުވައިލުމަށް ޔަހޫދީން އިންކާރު ކޮށްފިއެވެ. އޮކްޓޫބަރު 9ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމުގެ ދަށުން ރަފަޙާއި މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ހުޅުވައިލަން ޖެހޭނެއެވެ. ނަމަވެސް، ޒަޔަނިސްޓު ދައުލަތުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ކަން ކުރުމަށް އިންކާރު ކޮށްފައެވެ.
ދެ އަހަރު ދުވަހަށް ފަހު، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި ވަނީ ޙަމާސާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެއްބަސްވުމާ އެއް ގޮތަށް ޙަމާސުން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ދިރިތިބި 20 މީހުން މިނިވަން ކޮށްފައެވެ. އަދި، މަރުވެފައިވާ އަސީރުންގެ ހަށިތައް ޙަވާލު ކުރުމުގެ މަސައްކަތް ފަށާފައެވެ.
ނަތަންޔާހޫ ބުނީ، އެއްބަސްވުމާ އެއްގޮތަަށް ޙަމާސުން އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިއްބައި މަރުވި ހުރިހާ އަސީރުންގެ ހަށިތައް ޙަވާލުކޮށް ނިންމާފައި ނުވާ ކަމުގައެވެ. އަދި، އެ ސަބަބަށް ޓަކައި، ވަކި މުއްދަތެއް ނެތް ގޮތުގައި ރަފަޙް ހުރަސް ބަންދު ކޮށްފައި ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ. ރަފަޙް ހުރަސް ހުޅުވައިލުމަށް އިންކާރު ކުރުމާ އެކު ޔަހޫދީން މި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އެކުލަވައިލެއްވި އެއްބަސްވުމާ ޚިލާފުވެފައެވެ.
ރަފަޙް ހުރަސް ހުޅުވައިނުލާނެ ކަމުގައި ނަތަންޔާހޫ ބުނެފައި މި ވަނީ، އޮކްޓޫބަރު 20ވަނަ ދުވަހު އެ މަގު ހުޅުވައިލާނެ ކަމުގައި މިޞްރުގައި ހުރި ފަލަސްޠީނުގެ އެމްބަސީން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޙަމާސުން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރަމުންދާ ކަމުގައި އެމެރިކާއިން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. މި ގޮތުން، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމާސުން ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި އެމެރިކާގެ ޚާރިޖީ ވުޒާރާއިން ތުހުމަތު ކުރިއެވެ.
އިތުރު އަސީރުންގެ ހަށިތައް ހޯދޭނީ ރަފަޙް ހުރަަސް ހުޅުވައިލުމުން: ޙަމާސް
އެ ވުޒާރާއިން ބުނީ، ޣައްޒާގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމާސުން ޙަމަލާތަކެއް ދިނުމަކީ އެއްބަސްވުމާ ޚިލާފަށް ހިންގޭނެ ޖަރީމާއަކަށް ވާނެ ކަމުގައެވެ. އަދި، ޙަމާސުން އެ މޭރުމުން އަމަލުކޮށްފި ނަމަ، ޣައްޒާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށާއި، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް އެމެރިކާއިން ތެދުވެ، ފިޔަވަޅުތައް އަޅާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
ޔަހޫދީންނާ އެކު ވެފައިވާ އެއްބަސްވުމާ ޙަމާސުން ޚިލާފުވަމުންދާ ނަމަ، އަލުން ޣައްޒާއަށް އަރައި ޤަތުލުޢާންމު ހިންގަން ފެށުމުގެ ހުއްދަ ޔަހޫދީންނަށް ދޭނެ ކަމުގައި ވިދާޅުވެ، ޓްރަމްޕް ވެސް ވަނީ އިންޒާރު ދެއްވާފައެވެ. މި ތުހުމަތުތަކާ ގުޅިގެން ޙަމާސުން ޖަވާބު ދީފައެއް ނެތެވެ. ނަމަވެސް، އެ ޖަމާޢަތުން ދަނީ ޤަތުލުޢާންމު ހިންގުމުގައި ޔަހޫދީންނަށް ވާގިވެރިވެފައިވާ ޣައްޒާގެ ރައްޔިތުން ދެނެގަނެ، އެ މީހުންނަށް އަދަބު ދިނުމަށް މަސައްކަތް ކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ދަޢުވާ ސާބިތުވެފައިވާ ބައެއް މީހުންނަށް ޙަމާސުން ވަނީ މަރުގެ އަދަބު ދީފައެވެ.
އަަސީރުން މިނިވަން ކުރުމަށް ޙަމާސުން އިންކާރު ކުރަމުންދާ ކަމުގެ ތުހުމަތުތަކަށް އެ ޖަމާޢަތުން ވަނީ ރައްދު ދީފައެވެ. ޙަމާސުން ބުނީ، މަރުވެފައިވާ ގިނަ އަސީރުންގެ ހަށިތައް ވަނީ ޔަހޫދީން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމުގައެވެ. އަދި، އެ މީހުންގެ ހަށިތައް ހޯދުމަށް ބިން ކޮނުމުގައި ބޭނުން ކުރާނެ ޚާއްޞަ އާލާތްތަކާއި އުޅަނދުފަހަރު ބޭނުންވާނެ ކަމަށާއި، ރަފަޙް ހުރަސް ހުޅުވައިލައި އެ ފަދަ ސާމާނު ޣައްޒާއަށް އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީން ހުރަސް އަޅާފައިވާ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
އޮކްޓޫބަރު 18ވަނަ ދުވަހު ވެސް ޙަމާސުން ވަނީ މަރުވެފައިވާ އިތުރު ދެ އަސީރެއްގެ ހަށިގަނޑު ޔަހޫދީންނާ ޙަވާލު ކޮށްފައެވެ. މިއާ އެކު، އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި އޮތް ކަމަށް ބެލެވޭ 28 އަސީރުންގެ ހަށިގަނޑުގެ ތެރެއިން 12 މީހެއްގެ ހަށިގަނޑު އެ ޖަމާޢަތުން މި ވަނީ ޙަވާލު ކޮށްފައެވެ. އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ އިތުރު އަސީރުންގެ ހަށިތައް ހޯދުމަށް އިތުރު ވަގުތު ބޭނުންވާނެ ކަމުގައި ވެސް ޙަމާސުން ބުނެފައިވެއެވެ.
About Post Author
މާދަމާ ނިއުސް
“ޕޭޕަލްފަދަ އިތުރު ޕްލެޓްފޯމްތައް ސަރުކާރުން ޒުވާނުންނަށް ގެނެސްދޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޕޭޕަލް ފަދަ ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު...
އެމްޑީޕީން ވެރިކަން ކުރަން ދަސްކުރަން ޖެހޭ: ޝުޖާއު
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީއަށް ގައުމު ހިންގާނެ ގޮތް ނޭނގޭ ކަމަށާއި އެ ޕާޓީން ވެރިކަން ކުރަން ދަސްކުރަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ...
38 އަހަރުގައި ވެސް މެސީ ހިފަހައްޓާނުލެވުނު، ހެޓްޓްރިކް ހަދައި ސަޕޯޓަރުން ހެއްވާލައިފި!
(ފޮޓޯ ކްރެޑިޓްސް: ސްކައި ސްޕޯޓްސް) ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާއާއި އަލްޖީރިއާ ބައްދަލުކުރި މެޗު 3-0 އިން އާޖެންޓީނާ ކާމިޔާބުކޮށްފިއެވެ. އެމެރިކާގެ ކަންސަސް ސިޓީގައި...
މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީތައް ފޮހެލައިފި
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ މީޑިއާ) ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ އެކި ސަރަހައްދުތަކާއި ސިނަމާލެ ބުރިޖުގައި ހުރި...
އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާ ކުރަން އުޅޭތީ ފާޑު ކިއަނީ!
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އިދިކޮޅު އެމްޑީޕީން މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތަކާއި ނުރުހުން އަމާޒުވެއްޖެއެވެ. އެމްޑީޕީން މުޒާހަރާކުރަން ނިންމީ...
އިންޑިއާގައި ޓެލެގްރާމް މަނާކުރުމާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ ނުރުހުން ފާޅުކޮށްފި
(ފޮޓޯ ކްރެޑިޓްސް: ޓައިމްސް އޮފް އިންޑިއާ) އިންޑިއާގައި ބާއްވާ "ނީޓް-ޔޫޖީ" އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވާ ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތާއި މަކަރު...
