
(ފޮޓޯ ކްރެޑިޓްސް: ވަގުތު)
ތަރައްގީގެ މަޝްރޫއުތައް ފެށުމުން އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ. “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ އެމްޑީޕީގެ ސިޔާސަތަކީ އެބައިމީހުން ނޫން އެހެން އެއްވެސް ބައެއް ވެރިކަން ކުރާނަމަ ރަނގަޅު ހަމަ އެއް ކަމެއް ވެސް ކުރެވޭ ކަމަކަށް ނުހެދުން ކަމަށެވެ. ރޯމާއި ދުވާލު ބޮޑެތި ވައްކަންތައްކޮށް ދިވެހިން ނިކަމެތި ވަމުން އަައި ދުވަސްވަރެއްގައި ހިތްވަރުގަދަަ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެވަޑައިގަތީ އެ ނުލަފާ މީހުން ރައްޔިތުންނަށް ވަމުން ދިޔަ ހިޔާނާތްތަކުންނާއި އަނިޔާވެރިކަމުން ގައުމު ސަލާމަތް ކޮށްދެއްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ. “ނުހަނު ފަސޭހަކަމާއެކު ބޮޑު ތަނުން ބޮޑު ނޯ އެއް ޖަހާ އެމްޑީޕީ ވެރިކަމުން ދިވެހިން ދުރުކުރީ އެހެންވެ. މިއަދު ހަރަދު ކުޑަކޮށް ތަރައްގީގެ އެތައް މަޝްރޫއުތަކެއް ފައްޓަވައި ދެއްވާތަން ފެނުމުން ހިތަށް ކުޅަދާނަ ނުވެގެން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މި ބައިގަނޑުގެ ކަންތައް ބޮޑުވެއްޖެ. ހަގީގަތަކީ މިއަދު އެމްޑީޕީ އޭ ކިއުނު ވަގުންގެ ބައިގަނޑަށް އެއްވެސް ތާއީދެއްވެސް ނެތްކަން” ސިނާން ވިދާޅުވިއެވެ.
މެމްބަރު ސިނާން މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ރައީސަކު ކެމްޕެއިން ކުރައްވާއިރު ވައުދުވެ ވަޑައިގަންނަވަންވީ “މަޑުޖެހިލަން” ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި ހަމަޖައްސައި، ރައްޔިތުންގެ ތަނަވަސްކަން އިތުރުކުރުމަށް ކުރިއަށް އޮތް ހަތަރު، ފަސް އަހަރަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް އިންތިހާބުތަކުގެ ޝިއާރަކަށް ވާންވީ، “އިހަށް މަޑުކޮށްލާ” ކަމަށާއި ދެން ވެރިކަމަށް އިންތިހާބުވާ ރައީސަކު ވައުދުވާންވީ މަޝްރޫއުތައް ހިންގުމުގައި “މަޑުޖެހިލަން” ކަމަށް ނަޝީދު ވިދާޅުވިއެވެ. ކޮންކްރީޓަކީ ތަރައްގީ ނޫން ކަމަށާއި ގިނަ ފަހަރު އެއީ ދައުލަތަށް އިތުރުވާ ދަރަނި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންގެ ތަނަވަސްކަން އިތުރުވަނީ ބަޖެޓު ސާޕްލަސް އިތުރުކުރެވި ދަރަނި ކުޑަކުރެވިގެން ކަމަށާއި ދިވެހިންނަކީ ތަންދޮރު ދަންނަ، ހޭލުންތެރި ބައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ސަރުކާރަށް ނިސްބަތްވާ ސުޕަމެޖޯރިޓީ މަޖިލީހަކާއެކު ފާސްކުރި ފުރަތަމަ ބަޖެޓު މި އަހަރަަށް ފާސްކުރިއިރު އެއީ 56 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. ނަމަވެސް ބަޖެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޕީއެސްއެއައިޕީ މަޝްރޫއުތަކަށް 12 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތަސް، އެންމެ ފަހުން ހަރަދުތަކުގެ ހިސާބުތައް އާންމުކުރި ތާރީހުކަމަށްވާ ނިމިދިޔަ މަހުގެ 18ވަނަ ދުވަހާ ހަމައަށް ހޭދަކުރީ 7.1 ބިލިއަން ރުފިޔާއެވެ.
About Post Author
މާދަމާ ނިއުސް
މިއަހަރަށް ލަފާކުރި އާމްދަނީގެ %60 ލިބިއްޖެ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ނުވަތަ 24.1 ބިލިޔަން ރުފިޔާ ލިބިފައިވާ...
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އިންޑިއާއާއި ޕާކިސްތާނާ އެއް ގުރޫޕަކަށް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް...
ރާއްޖެ-ތުރުކީ ޕީޓީއޭ: 85 މިލިޔަނުގެ މާކެޓަކަށް މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު
(ފޮޓޯ ކްރެޑިޓްސް: އިކޮނޮމިކް މިނިސްޓްރީ) ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓަށް (ޕީޓީއޭ) އަމަލުކުރަން ފެށުމާ ގުޅިގެން، ރާއްޖޭގެ މަހުގެ އުފެއްދުންތައް...
ރާއްޖެއާއި ތުރިކީވިލާތާއި ދެމެދު ސޮއިކުރި ޕީޓީއޭއަށް ޢަމަލުކުރަން ފަށައިފި
ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ޚާއްޞަ އެއްބަސްވުމަކަށް ޢަމަލުކުރަން ފަށައިފިއެވެ. 1 އޮގަސްޓު 2026 އިން ފެށިގެން ޢަމަލުކުރަން ފެށި މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ...
“މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެ”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެ، ދައުލަތުގެ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ...
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
